ކީޕަރު އިމްރާނާއި ސެންޓޭ އަލުން ނިއުއަށް

ނިއު އަށް ކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) ވެސް އަލުން ސޮއިކޮށްފި އެވެ.

ނިއު އަށް އިމްރާނާއި ސެންޓޭ ސޮއިކޮށްފައި ވަނީ މިއަދު ހަވީރު ސޯލްޓް އެންޑް ކެފޭ ރެސްޓޯރެންޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ނިއު އަށް ކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސެންޓޭ އާއި އިމްރާން މިއަދު ނިއުއާ އެކު ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ އިރު، ނިއުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކްލަބުގެ އާ ޖެނެރަލް ސެކްރެޓަރީ އަހްމަދު ނިޔާޒް މޫސާ (ޓެޑް) އެވެ.

އިމްރާނާއި ސެންޓޭ އަކީ ކުރިން ވެސް ނިއު އަށް ކުޅުނު ދެ ކުޅުންތެރިންނެވެ. ނިއު އަށް ކުޅުމަށްފަހު، އިމްރާން ފާއިތުވެދިޔަ ދެ ސީޒަނުގައި ފެނިގެންދިޔައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ. ނިއު ދޫކޮށްލުމަށްފަހު ސެންޓޭ ޓީސީ ސްޕޯޓްސް ކްލަބަށް ގުޅިފައިވަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް އެކަންޏެވެ. އެ ދ ެކުޅުންތެރިންނަކީ ވެސް ނިއުގެ ކާމިޔާބީ ދުވަސްތަކުގައި އެ ކްލަބުގައި މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ.

ނިއު އަށް ކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއު ވަރުގަދަ ކުރުމުގެ ގޮތުން އެ ކްލަބުން ވަނީ ތަޖުރިބާކާރު ޑިފެންޑަރު އަކްރަމް އަބްދުލް ޤަނީ (އަކޫ)ގެ ސޮއި ވެސް ހޯދައިފަ އެވެ. އަކޫ އަކީ ވެސް ކުރިން ނިއުގެ އެންމެ ކާމިޔާބީ ދުވަސްތަކުގައި އެ ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ.

comment ކޮމެންޓް