ބްލެޓާގެ ހަ އަހަރު ދުވަހުގެ ސަސްޕެންޝަން ކުރިއަށްގެންދަން ކޯޓުން ނިންމައިފި

ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާ --- ފޮޓޯ/ ގެޓީ

ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ހަ އަހަރަށް ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯޯރ ސްޕޯޓްސް (ސީއޭއެސް) އިން ނިންމައިފި އެވެ.

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުމުން ބްލެޓާ އެ މައްސަލަ އިސްތިއުނާފް ކުރި ނަމަވެސް، ސީއޭއެސް އިން ވަނީ ފީފާގެ ސަސްޕެންޝަން މައްސަލަ އަށް ތާއީދުކޮށްފައެވެ.

ބްލެޓާ ވަނީ ފީފާގެ ގަވާއިދުތަކާ ހިލާފަށް ޔޫއެފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީއާ ދެމެދު ފައިސާގެ މުއާމަލާތެއް ކޮށްފައެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފީފާގެ ބަޖެޓުން ބްލެޓާ ވަނީ ޕްލެޓިނީ އަށް 1.3 މިލިއަން ޕައުންޑް ދީފައެވެ. ނަމަވެސް އެ ފައިސާ އަކީ ދެ މީހުންގެ ދެމެދުގައި 'ޖެންޓަލްމަންސް އެގްރީމަންޓް" އެއްގެ ދަށުން ކުރެވުނު މުއާމަލާތެއް ކަމަށް ބުނެ، ބްލެޓާ އާއި ޕްލެޓިނީ ވެސް ވަނީ ކުށެއް ކުރި ކަމަށް އިންކާރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ފީފާއިން ފުރަތަމަ ނިންމީ ބްލެޓާ އާއި ޕްލެޓިނީ އަށް އަހަރަށް ސަސްޕެންޑް ކުރުމަށެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް، ފީފާ އިން ނިންމީ އެ ދެ މީހުން ހަ އަހަރަށް ސަސްޕެންޑް ކުރުމަށެވެ.

ބްލެޓާ އާއި ޕްލެޓިނީގެ ސަސްޕެންޝަން ފީފާ އިން ހަ އަހަރަށް ކުޑަކޮށްދީފައި ވަނިކޮށް، ސީއޭއެސްއިން ވަނީ ޕްލެޓިނީގެ ސަސްޕެންޝަނަށް ލުޔެއް ގެނެސްދީފައެވެ. ސީއެސްއޭ އިން ވަނީ ޕްލެޓިނީގެ ސަސްޕެންޝަން ހަތަރު އަހަރަށް ކުޑަކޮށްދީފައެވެ.

comment ކޮމެންޓް