ރޮނާލްޑީނިއޯ އެނބުރި ކުޅުމުގެ ތެރެއަށް: 43 އަހަރުގައިވެސް ކުޅުމުގެ ޖާދުލަށް ބަދަލެއް ނެތް

ރޮނާލްޑީނިއޯ އުމުރުން 46 އަހަރުގައި ކުޅުނު ރަސްމީ މެޗުގެ ތެރެއިން--

11 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ އުމުރުން 46 އަހަރުގައި ރަސްމީ ފުޓްބޯޅައަށް އެނބުރި އަތުވެއްޖެއެވެ.

އިޓަލީގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ރަވެއްނާ އެފްސީއަށް ކުޅެމުން އަންނަ ރޮނާލްޑީނިއޯ އަލުން ދަނޑަށް ނުކުމެފައިވަނީ މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ފޯލީ އެފްސީއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައެވެ.

ރަވެއްނާ އެފްސީން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރި މި މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ރޮނާލްޑީނިއޯ ވަނީ ފުރަތަމަ ހާފުގެ 45 މިނެޓް އެއްކޮށް ކުޅެފައެވެ.

ރޮނާލްޑީނިއޯ އުމުރުން 46 އަހަރުގައި ކުޅުނު ރަސްމީ މެޗުގެ ތެރެއިން--

2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރެޒިލްގެ ފްލުމިނެންސޭއަށް ކުޅުމަށްފަހު ރަސްމީ މެޗަކުން ފެނުނު ފުރަތަމަ ފަހަރުވެސް، ރޮނާލްޑީނިއޯގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ޖިއުލިއޯ ޑޮނާޓީ ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖެހުމަށް މަގުފަހިކޮށްދިނުމުގައި ރޮނާލްޑީނިއޯ މުހިންމު ދައުރެއް އަދާކުރިއިރު، އޭނާ ދިން ޕާސްތަކުގެ 81 އިންސައްތަ ވަނީ ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ހާފު ނިމިގެން ދަނޑުން ފޭބި ވަގުތު ސްޓޭޑިއަމަށް ވަދެތިބި ތިބި ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ ހޫނު ތަރުހީބަކާއެކު އޭނާއަށް އިހުތިރާމް އަދާކޮށްފައެވެ.

ރަވެއްނާ އެފްސީއާ ރޮނާލްޑީނިއޯ ގުޅުނީ 2026 ވަނަ އަހަރުގެ ހޫނު މޫސުމުގައި، އެ ކްލަބުގެ ކުޅުންތެރިއެއްގެ އިތުރުން ކްލަބުގެ ހިއްސާދާރެއްގެ ގޮތުގައެވެ.

އޭނާ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ 300 ވަނަ އަދި އެންމެ ފަހު ރަސްމީ ލަނޑު ކާމިޔާބުކުރުމެވެ.

އުމުރުން 46 އަހަރުގައި ރަސްމީ މެޗެއް ކުޅުމާއެކު ރޮނާލްޑީނިއޯ މިހާރު ވަނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުނު ދެވަނައަށް އެންމެ ދުވަސްވީ ބެލޮންޑިއޯ ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 2015 ވަނަ އަހަރު އުމުރުން 43 އަހަރުގައި ކުޅުމަށް އެނބުރި އައި ބްރެޒިލްގެ ކުރީގެ ތަރި ރިވާލްޑޯގެ އަތުގައެވެ.

comment ކޮމެންޓް