ވިދާތަރި ބަލިކޮށް، ހުޅުމާލޭ ވިމެންސް ސްޕޯޓްސް ޗެމްޕިއަންކަން ހޯދައިފި

ނޮވެމްބަރ 27، 2016: އެސްޓީއޯ ހޯމް އިމްރޫވްމަންޓް ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަން ހުޅުމާލެ ވިމެންސް ސްޕޯޓްސް އަށް މެޑަމް ފާތުން ޓްރޮފީ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މައްޗަންގޮޅި ވިދާތަރި ބަލިކޮށް، ހުޅުމާލޭ ވިމެންސް ސްޕޯޓްސް އިން އެސްޓީއޯ ހޯމް އިމްޕޫރްވްމަންޓް ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ އެސްޓީއޯގެ ބޯޑު ޑިރެކްޓަރު އަދި މޯލްޑިވްސް ޑިވެޕޮލްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ އެވެ.

ނޮވެމްބަރ 27، 2016: އެސްޓީއޯ ހޯމް އިމްރޫވްމަންޓް ބަށިބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މެޑަމް ފާތުން(ވ) އާއި އެސްޓީއޯ ބޯޑު ޑިރެކްޓަރު ރަފިއްޔާ(މ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތުގެ ފައިނަލް މެޗުން ހުޅުމާލެ ވިމެންސް ސްޕޯޓްސް މޮޅުވީ 31 ލަނޑުންނެވެ. ވިދުވަރު ޓީމަށް ހެދިފައި ވަނީ 24 ލަނޑު އެއް ބޯޅައެވެ.

އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހުޅުމާލެ ވިމެންސް ސްޕޯޓްސް އަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރަން މެޑަލް އަދި ޓްރޮފީ ވަނީ ހަވާލުކޮށްފައެވެ. ރަނަރަޕް ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމާއި، ރިހި މެޑަލް އަދި ޓްރޮފީ ހަވާލުކުރި އިރު، ތިން ވަނަ އަށް ހޮވުނު މިދިޔަ އަހަރުގެ ޗެމްޕިއަން ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމާއި ލޯ މެޑަލް ވަނީ ހަވާލުކޮށްފައެވެ.

ނޮވެމްބަރ 27، 2016: އެސްޓީއޯ ހޯމް އިމްރޫވްމަންޓް ބަށިބޯޅަ މުބާރާތުގެ ރަނަރަޕް ޓީމު މައްޗަންގޮޅު ވިދުވަރު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތުގެ ފެއާޕްލޭ ޓީމަށް ހޮވުނީ ލ. މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. އެ ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ހަވާލުކޮށްފައިވެ އެވެ. މުބާރާތުގެ ބަށި ރާނީއަށް ދޭ 3500 ރުފިޔާގެ ފައިސާގެ އިނާމު ހޯދީ ލ. މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާގެ އައިޝަތު ލުބްނާއެވެ. އެންމެ މޮޅު ޖެހުންތެރިޔާއަށް ދޭ 2500 ރުފިޔާގެ ފައިސާގެ އިނާމު ވެސް ހޯދީ ލުބްނާ އެވެ.

އެ މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް މައްޗަންގޮޅީ ތ. އޮމަދޫގެ އުޖާލާ ޓީމުގެ މަރިޔަމް އާފިޔާ ހޮވުނު އިރު، އެންމެ މޮޅު ހިފުންތެރިޔަކަށް ހޮވުނީ ހުޅުމާލޭ ވިމެންސް ސްޕޯޓްސްގެ އައިޝަތު މިންނާ އެވެ. އެ ދެ މަގާމަށް ވެސް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައި ވަނީ 2500 ރުފިޔާގެ ފައިސާގެ އިނާމެކެވެ.


ނޮވެމްބަރ 27، 2016: އެސްޓީއޯ ހޯމް އިމްރޫވްމަންޓް ބަށިބޯޅަ މުބާރާތުގެ ބަށި ރާނީއަކަށް ހޮވުނު ލުބުނާ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މުބާރާތުގައި ބައިވެރި ކޮންމެ ޓީމަކަށް މެޑަމް ފާތުން ވަނީ ފައިސާގެ އިނާމެއް ހަވާލުކޮށްފައެވެ. ކޮންމެ ޓީމަކަށް ވެސް މެޑަމް ފާތުން ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވައިފައެވެ.

އެ މުބާރާތުގައި ވާދަކުރި 16 ޓީމަކީ ފީއަލީ ޒުވާނުންގެ ގުޅުން، ހުޅުމާލޭ ވިމެންސް ސްޓާ، މައްޗަންގޮޅި ވިދާތަރި، ވިދުވަރު، ރ. އިނގުރައިދޫ ކާމިޔާބު، ދ. މާއެނބޫދޫ އިސްދަރިވަރުންގެ ގުޅުން، މަހިބަދޫ ސްޕޯޓްސް ކްލަބު، ހުޅުމާލޭ ވިމެންސް ސްޕޯޓްސް، ލ. ގަމު މާސް، ޅ. ނައިފަރުގެ ގުއޮށި، ފީއަލީ އެކުވެރި ޒުވާނުންގެ ރޫހު، ހުޅުމާލޭ ދިރުން، ސ. މީދޫ ބަށި ހިތްވަރު، ތ. އޮމަދޫ އުޖާލާ، މާފުށީ ނިއުސްޓާ އަދި ގަލޮޅު ރަންކަނި ޓީމެވެ.

comment ކޮމެންޓް