ފަތުރުވެރިކަމުގެެ ދާއިރާއިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ސަން ސިޔާމަށް

މޯލްޑިވްސް ޓްރެވަލް އެވޯޑްސް ހަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދަށް (ވ) އަރުއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑު، މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި "ސަން" ގްރޫޕުގެ ޗެއާމަން، އަހުމަދު ސިޔާމް މުހައްމަދަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ލިބިވަޑައިގެންފި އެވެ.

އޮޅުވެލި ބީޗް ރިސޯޓުގައި މިރޭ ބޭއްވި އެވޯޑް ހަފްލާގައި އެ އެވޯޑު ސިޔާމާ ހަވާލުކޮށްދެއްވީ، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

ސިޔާމަށް ޝަރަފްވެރި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މިރޭ ލިބިވަޑައިގަތްއިރު، ދިވެހި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް އެންމެ ބޮޑަށް އެހީތެރިވާ ރިސޯޓްގެ އެވޯޑު ލިބުނީ ސަން ސިޔާމް ރިސޯޓްސްއަށެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ އެ އެވޯޑަކީ އޭނާގެ ޓީމުގެ ބުރަ މަސައްކަތުން ހައްގުވި އެވޯޑެއް ކަމަށާއި އެވޯޑު ލިބުނީތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ.

މިރޭގެ ހަފްލާގައި ސަން ގްރޫޕަށް ޖުމަލް ދެ އެވޯޑެއް ލިބިފައިވެއެވެ. އެއީ ލީޑިން ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑުވެސް ލިބިފައިވަނީ ސަން ގްރޫޕުގެ ދަށުން ހިންގާ "ސަން ސިޔާމް އިރުފުށި" އަށެވެ. މި އެވޯޑު އިރުފުށި ރިސޯޓަށް ލިބިފައިވަނީ އެ ކެޓަގަރީއަށް ނޮމިނޭޓްވި، ދުސިއްތާނީ މޯލްޑިވްސް އާއި އަނަންތާރާ ވެލި އާ ވާދަކޮށްގެންނެވެ.

ސަން ގްރޫޕުގެ ޗެއާމަން ސިޔާމްއަށް ފަތުރުވެރިކަމުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގަތް އިރު ފަތުރުވެރިކަމުގެ ދާއިރާގައި އޭނާ އަކީ ތަޖުރިބާހުރި ކާމިޔާބު ބޭފުޅެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ޒުވާން އުމުރު ހޭދަކޮށްފައިވާ ސިޔާމް ވަނީ ސްރީ ލަންކާގައިވެސް "ސަން" ބްރޭންޑުގެ ރިސޯޓެއް ހުޅުވާފައެވެ.

comment ކޮމެންޓް