އަދާލަތުން ކައުންސިލް އިންތިހާބަށް އެމްޔޫއޯ މެދުވެރިކޮށް 147 ކެނޑިޑޭޓުން ނެރެނީ

އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) މެދުވެރިކޮށް އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިހާބަށް 147 ކެނޑިޑޭޓުން ނެރުމަށް ނިންމައިފިއެވެ.

އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ރަޖިސްޓްރާގެ ނައިބު ހުސެއިން ވަފީރު ވިދާޅުވީ، އެމްޔޫއޯ މެދުވެރިކޮށް 128 ރަށު ކައުންސިލްއަކަށާއި 16 އަތޮޅު ކައުންސިލްއެއްގެ އިތުރުން މާލޭ ސިޓީގެ ތިން ގޮނޑިއަކަށް އެޕާޓީން ކުރިމަތި ލުމަށް ނިންމައިފިއެވެ.

އެޕާޓީން ވާދަކުރާނީ އެމްޑީޕީއަށް ބައެއް ޖާގަތައް ދީގެން ކަމަށް އެޕާޓީން ބުނެއެވެ.

ވަރަށް އަވަހަށް އެޕާޓީގެ ޓިކެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބް މިހާ ކައިރިވެފައިވާއިރު ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އިލެކްޝަން ކޮމިޝަނުން ދޫނުކުރާތީ އެކަމުގެ ކަންބޮޑުވުންވެސް އެޕާޓީން ވަނީ ފާޅުކޮށްފައެވެ.

comment ކޮމެންޓް