29 ސްޓޯލަކާ އެކު "ބްރައިޑް ފެއާ" ފަށައިފި

ބްރައިޑް މޯލްޑިވްސްގެ ފަސް ވަނަ ބްރައިޑަލް ފެއާގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އާ ޑިޒައިނަރުންނާއި ބްރައިޑަލް ވިޔަފާރީގައި އުޅޭ ހުނަރުވެރި ފަރާތްތަކަށް އެ ހުނަރު އިޝްތިހާރުކޮށް މާކެޓް ކުރުމަށް ބާއްވާ "ބްރައިޑް ފެއާ" ރޭ ފަށައިފި އެވެ. މިއީ ބްރައިޑް ފެއާ ބާއްވާ ފަސް ވަނަ އަހަރެވެ.

ބްރައިޑަލް މޯލްޑިވްސްގެ ފަސް ވަނަ ބްރައިޑަލް ފެއާގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަމިއްލަ ކުންފުންޏެއް ކަމަށްވާ ބްރައިޑް މޯލްޑިވްސް އިން ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ އެ ފެއާ ރޭ ހުޅުވައިދެއްވީ، މިއަހަރުގެ ފެއާގެ މައި ސްޕޮންސަރު އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ރިލޭޝަންސް މުސްލިހް މަސީހެވެ.

ބްރައިޑް މޯލްޑިވްސްގެ ފަސް ވަނަ ބްރައިޑަލް ފެއާގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ އެ ފެއާގައި ބްރައިޑަލް ވިޔަފާރިއާ ގުޅުންހުރި 29 ސްޓޯލެއް މިފަހަރު ހުންނާނެ އެވެ. އަދި މިއަހަރުގެ ފެއާގައި ހަތް ޑިޒައިނަރަކު ތައްޔާރުކޮށްފައިވާ އެކި ވައްތަރުގެ ހެދުންތައް ދައްކާލުމަށް ކޮންމެ ރެއަކު ހާއްސަ ފެޝަން ޝޯއެއް ބާއްވަން ވަނީ ހަމަޖައްސާފައެވެ.

ބްރައިޑަލް މޯލްޑިވްސްގެ ފަސް ވަނަ ބްރައިޑަލް ފެއާގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ބްރައިޑް މޯލްޑިވްސް ބާއްވާ ކޮންމެ ދުވަހެއްގެ ވެސް ރޭގަނޑު 8:30 އިން 11:30 އަށް ހުޅުވާފައި ހުންނަ މިއަހަރުގެ ފެއާގައި ކައިވެނި ހަފްލާތަކަށް ތައްޔާރުވާ މީހުންނަށް ހާއްސަ ޕެކޭޖްތަކާއި އާ އުފެއްދުންތައް ބާޒާރަށް ނެރޭނެ އެވެ.

comment ކޮމެންޓް