މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން އެމްޕީބީއޭ އިން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ 8 ބޯލް ބިލިއާޑް މުބާރާތް ފަށައިފި އެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްދާ އެ މުބާރާތުގައި ރޭ ޖުމްލަ 16 މެޗެއް ކުޅެފައިވެ އެވެ.
އެ މުބާރާތުގައި ރޭ މުހައްމަދު ޝަހުލާން އަތުން ފަސޭހަކަމާ އެކު 5-0 ފްރާމް އިން ހަމްދާން މުހައްމަދު މޮޅުވި އިރު، ވާދަވެރި ކުޅުމަކަށް ފަހު 4-5 ފްރާމް އިން ޝަބީބް އާތިފް އަތުން މުހައްމަދު ހަމްދޫން ވަނީ މޮޅުވެފަ އެވެ. ހަސަން އަފީފް އަތުން 5-1 ފްރާމް އިން ހަސަން އަފީފް މޮޅުވެފައިވާ އިރު، ހާމިދު ފައިސަލް އަތުން ފަސޭހަކަމާ އެކު 5-0 ފްރޭމް އިން އަބްދުﷲ އަފީފް ވަނީ މޮޅުވެފަ އެވެ.
އިބްރާހިމް ރަޝީދު އަތުން 5-1 ފްރާމް އިން މުހައްމަދު އާލިމް އަބްދުﷲ މޮޅުވި އިރު، ނަސްރު ފިކުރީ އަތުން ފަސޭހަކަމާ އެކު 5-0 ފްރާމް އިން މުހައްމަދު އިބްރާހިމް ވަނީ މޮޅުވެފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު ފަތުހުﷲ ޖަމީލް އަތުން 5-4 ފްރާމް އިން އަހްމަދު މުއިއްޒު މޮޅުވި އިރު، ހަސަން ޝާޒް މުހައްމަދު އަތުން ހުސައިން ފަޔާޒް މޮޅުވެފައި ވަނީ 5-3 ފްރޭމް އިންނެވެ.
ވާދަވެރި ކުޅުމަކަށް ފަހު އިބްރާހިމް ޝަރީފް އަތުން 4-5 ފްރޭމް އިން މާޒް އަބްދުﷲ މޮޅުވި އިރު، އަހްމަދު އިބްރާހިމް މެޗަށް ހާޒިރުނުވުމާ އެކު 5-0 ފްރާމް އިން އިބްރާހިމް ހަނީފަށް ވަނީ މެޗު ލިބިފަ އެވެ. އަބްދުﷲ މުލައިލް މުހައްމަދު އަތުން 5-3 ފްރޭމް އިން ޝާހް ނަވާޒް މޮޅުވި އިރު، ހަސަން ޝަރީފް އަތުން އަހްމަދު ނަފީލް މޮޅުވެފައި ވަނީ 5-1 ފްރޭމް އިންނެވެ.
އަހްމަދު ސޮފްވަތު އަތުން 5-2 ފްރޭމް އިން އަހްމަދު ޝަރީފް ހުސައިން މޮޅުވި އިރު، ރިއްފަތު މުމްތާޒް އަތުން 5-3 ފްރޭމް އިން އައްބާސް ސައީދު ވަނީ މޮޅުވެފަ އެވެ. އަހްމަދު ނާސިފް އަތުން 5-1 ފްރޭމް އިން އަސަލަމް އަބްދުﷲ މޮޅުވި އިރު، އަބްދުލް އަޒީޒް މުހައްމަދު އަތުން އިސްމާއިލް ރަޒީން މޮޅުވެފައި ވަނީ 5-1 ފްރޭމް އިންނެވެ.
ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުގެ މެޗަކުން ކުޅުންތެރިޔަކު ކަޓާނީ ދެ މެޗުން ބަލިވުމުންނެވެ. ފުރަތަމަ ބުރުގެ މެޗުތައް ރޭސްޓު 5 އަށް ކުޅުނު ނަމަވެސް، އެ ބުރަށް ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ރޭސްޓު 7 އަށެވެ.
އިއްޔެ އިން ފެށިގެން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ވާދަކުރާނީ އެމްޕީބީއޭ ރޭންކިންގެ އެންމެ ކުރީގައި އޮތް 32 ކުޅުންތެރިންނާއި ކޮލިފައިން ބުރު ކުޅެ މުބާރާތުން ޖާގަ ހޯދި 32 ކުޅުންތެރިންނެވެ.