ސުނާމީއަށް ހޭލުންތެރި ކުރުވުމަށް މިއަދާއި މާދަމާ ޑްރިލްއެއް ކުރިއަށް ގެންދަނީ

ޑިސެމްބަރު 2004 ވަނަ އަހަރުގެ ސުނާމީ އާ ގުޅިގެން ތައްޔާރު ކުރި ބުނާ: ސުނާމީއަށް ހޭލުންތެރި ކުރުވުމަށް މިއަދާ މާދަމާ ޑްރިލްއެއް ކުރިއަށް ގެންދާ ކަަމަށް މެޓުން ބުނޭ -- ސަންފައިލް ފޮޓޯ

ސުނާމީއަށް ހޭލުންތެރި ކުރުވައި ގައުމުތަކުގައި ގާއިމް ކުރެވިފައިވާ ސުނާމީ އިންޒާރު ދޭ ސިސްޓަމްތައް ޓެސްޓް ކުރުމަށް ޑްރިލްއެއް ފަށައިފި އެވެ.

މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސެންޓަރުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއަން އޯޝަންގެ 23 ގައުމެއްގައި އައި.އޯ.ވޭވް 16 ގެ ނަމުގައި ސުނާމީ ޑްރިލް އެއް މިއަދާ މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

" މިޑްރިލްގެ މައިގަނޑު ބޭނުމަކީ މިގައުމުތަކުގައި ގާއިމް ކުރެވިފައިވާ ސުނާމީ އިންޒާރު ދޭ ސިސްޓަމްތައް ޓެސްޓްކުރުން. މިއީ ހަމައެކަނި ޑްރިލް އެއް." މެޓް އޮފީހުގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް