ރާއްޖޭގެ ހޭންޑްބޯޅަ ޓީމުން ލަންކާ ޓީމު ބަލިކޮށްފި

ރާއްޖެ އާއި ސްރީލަންކާ ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ މޮޅުވެފައިވަނީ 26-21 ލަނޑުން --- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ޓީމުން ސްރީލަންކާގެ ގައުމީ ހޭންޑްބޯޅަ ޓީމު ބަލިކޮށްފިއެވެ.

ލަންކާގައި ތަމްރީންތަކެއް ފުރިހަމަކުރަމުންދާ ރާއްޖޭގެ ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމު އިއްޔެ ކުޅުނު މެޗުގައި ލަންކާގެ މައްޗަށް ކުރި ހޯދާފައިވަނީ 26-21 ލަނޑުންނެވެ.

ރާއްޖެ އާއި ސްރީލަންކާ ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ މޮޅުވެފައިވަނީ 26-21 ލަނޑުން --- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

އިއްޔެ ކުޅުނު އެ މެޗުގައި ރާއްޖޭގެ ހޭންޑްބޯޅަ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ޒުވާން ކުޅުންތެރިންތަކަކާ އެކު ކުޅެމުންދިޔަ ރާއްޖޭގެ ޓީމުގެ ފަރާތުން މެޗު ތެރެއިން ވެސް ކުރިއެރުންތަކެއް ފާހަގަވެގެންދިޔައެވެ.

ލަންކާގައި ދިހަ ދުވަހުގެ ތަމްރީނުތަކެއް ފުރިހަމަ ކުރަމުންދާ ރާއްޖޭގެ ހޭންޑްބޯޅަ ޓީމަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އުނދަގުލަކީ ތަމްރީންކުރާނެ ދަނޑެއް ނެތުމުގެ އުނދަގުލެވެ. އެކަމުގެ ސަބަބުން އެ ޓީމުގެ ތަމްރީނުތައް ކުރިއަށްގެންދަނީ ދިވެހި އެމްބަސީގެ ފުޓްސަލް ދަނޑުގައެވެ.

ރާއްޖެ އާއި ސްރީލަންކާ ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ މޮޅުވެފައިވަނީ 26-21 ލަނޑުން --- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ލަންކާގައި ކުރިއަށްގެންދާ ތަމްރީންތަކުގައި ރާއްޖޭގެ ޓީމުން ގިނަ ކުރިއެރުންތަކެއް ހޯދަމުންދާ އިރު، އެ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

comment ކޮމެންޓް