މިފަހަރުގެ މިސްޓަ މޯލްޑިވްސް އަކަށް ރަޗޭ

ބޮޑީބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް އިން މިސްޓަ މޯލްޑިވްސް ހޮވުމަށް ބޭއްވި މުބާރާތުގެ އެއްވަނަ މަގާމް ރަޗޭ ހޯދުމަށް ފަހު ޓްރޮފީ އާއި ހަވާލުވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާފީ

ބޮޑީބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް އިން މިސްޓަ މޯލްޑިވްސް ހޮވުމަށް ބާއްވާ މުބާރާތުގެ އެއްވަނަ މަގާމް މުހައްމަދު ރަޝީދު (ރަޗޭ) ހޯދައިފިއެވެ.

އެ މުބާރާތް 2007 ވަނަ އަހަރާއި 2014 ވަނަ އަހަރު ވެސް ކާމިޔާބް ކޮށްފައިވާ ރަޗޭ މިއަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ 75 ކިލޯގެ ކެޓަގަރީން އެއްވަނަ ހޯދައިގެންނެވެ. ރަޗޭ މިއަހަރުގެ މުބާރާތް ކާމިޔާބުކުރީ ބޮޑީ ބިލްޑިން ކެޓަގަރީގެ، 55 ކިލޯގްރާމް ކެޓަގަރީގެ ޗެމްޕިއަން މުހައްމަދު މޫސާ (މޯޑޭ) އާއި 65 ކިލޯގްރާމްގެ ޗެމްޕިއަން ޝާހީން އިބްރާހިމް ފަހަތަށް ޖައްސާލުމަށް ފަހުއެވެ.

ބޮޑީބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް އިން މިސްޓަ މޯލްޑިވްސް ހޮވުމަށް ބޭއްވި މުބާރާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާފީ

މުބާރާތުގެ ދެވަނަ ޝާހިން ހޯދި އިރު ތިން ވަނަ މަގާމް ލިބުނީ މޯޑޭ އަށެވެ.

މުބާރާތުގެ ފިޓްނަސް ފިޒީކްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ޒުވާން ބޮޑީ ބިލްޑަރު ފާލިހް މުހައްމަދެވެ. އޭނާ އަކީ ފިޒިކްސް 168 ސެންޓި މީޓަރު ކެޓަގަރީގެ އެއްވަނަ އެވެ. ފާލިހް އާއި ދެން ވާދަކުރީ ފިޒިކްސް 165 ސެންޓި މީޓަރު ކެޓަގަރީގެ އެއްވަނަ އަހުމަދު ސަލީމް އާއި ފިޒިކްސް 177 ސެންޓި މީޓަރު ކެޓަގަރީގެ އެއްވަނަ މަގާމް ހޯދި އިސްމާއިލް ޝުއާއުވެ.

comment ކޮމެންޓް