ޕާޓްނާސް ފޯ އެމްވީސްޕޯޓްސް އަށް އެއްބާރުލުންދޭން އުރީދޫ އިން ނިންމައިފި

"ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" އަށް އެއްބާރުލުންދޭން އުރީދޫ އިން ނިންމުމާގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޒުވާން އެތުލީޓުންނަށް ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން ކުރިއަށްގެންދާ "ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް" އަށް އެއްބާރުލުންދޭން އުރީދޫ އިން ނިންމައިފި އެވެ.

އުރީދޫ އިން ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް އަށްދޭ އެއްބާރުލުން ފާހަގަކުރުމަށް މިއަދު އުރީދޫ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ ރަމްޒެއްގެ ގޮތުން އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރްޒޫގު ވަނީ ހާއްސަ ބެޓަންއެއް އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އަށް މިއަދު ހަވާލުކޮށްފަ އެވެ.

އެ ޕާޓްނާޝިޕްގެ ދަށުން ޒުވާން އެތުލީޓުން ތަމްރީނުކޮށް ކުރިއަރުވައިދީ އެކުދިންގެ ހުނަރު އިތުރަށް ތަރައްގީކޮށް ކާމިޔާބަށް ވާސިލްވުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އުރީދޫ އިން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕް ސުކީމްއަށް އެއްބާރުލުން ދޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.

އެކަމާ ގުޅިގެން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އިންސާނީ ތަރައްގީއަށް މަސައްކަތް ކުރުމުގެ ތަސައްވަރު އުރީދޫއާ އެކު ހިއްސާކުރާ މުހިންމު ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަކީ އެ ކުންފުންޏަށް ލިބިގެންދާ ފަހުރެއް ކަމަށެވެ.

"ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ދަނީ ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ހިތްވަރުދީ، ރާއްޖޭގެ ފެންވަރުގައި އަދި ބައިނަލްއަގުވާމީ މަތީ ވަނަތައް ހޯދުމަށް މަގުފަހިކޮށްދެމުން. މި ޕްރޮގްރާމްގެ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެބޭފުޅުން ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެވޭތީ އަޅުގަނޑުމެން އުފާކުރަން،" އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު ވިދާޅުވީ ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސްގައި ބައިވެރިވެ އުރީދޫ އިން އޮލިމްޕިކް ސްކޮލާޝިޕް ސްކީމަށް ދޭން ނިންމާފައިވާ އެއްބާރުލުމަކީ މިސާލެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ކުޅިވަރިގެ މައިދާން ކުރިއަރުވައި ތަރައްގީ ކުރުމުގައި އެހެން ކުންފުނިތަކުން ވެސް ބައިވެރިވުމަކީ އޮލިމްޕިކް ކޮމިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

comment ކޮމެންޓް