ބީޖީ އަތުން ވިކްޓަރީއަށް މޮޅެއް

ޔޫތު ޗެމްޕިއަންޝިޕްގައި ވިކްޓަރީ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ލަނޑުން ކާމިޔާބުކުރީ ވިކްޓަރީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބީޖީ ސްޕޯޓްސް އަތުން ވިކްޓަރީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބީޖީގެ މައްޗަށް ވިކްޓަރީން ކުރި ހޯދާފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ވިކްޓަރީ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ލަނޑުން ކާމިޔާބުކުރީ ވިކްޓަރީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މެޗުގެ 23 ވަނަ މިނެޓުގައި މަޖްދާން ސޯލިހު ވިކްޓަރީ އަށް ލީޑު ނަގައިދިން އިރު، މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ވިކްޓަރީ އަށް ލީޑު ފުޅާކޮށްދިނީ އަހްމަދު ރިޒްވާން އިސްމާއީލެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ލަނޑެއް ފެނިގެންދިޔައެވެ. މެޗުގެ 87 ވަނަ މިނެޓުގައި ނާއިފް އާދަމް ބީޖީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވިކްޓަރީ އަށް އަލުން ލީޑު ފުޅާކޮށްދިނީ އަލީ ހައްސާނެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ވިކްޓަރީ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ލަނޑުން ކާމިޔާބުކުރީ ވިކްޓަރީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

އެފްއޭއެމުން 21 އަހަރުން ދަށުގެ ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތް މި އަހަރު އަލުން ފަށާފައިވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. ޔޫތު ޗެމްޕިއަންޝިޕް 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއް ނެތި ބާއްވަމުންދިޔައެވެ. އެ މުބާރާތް 2014 ވަނަ އަހަރު ކާމިޔާބުކޮށްފައިވަނީ ކްލަބު އީގަލްސްއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ވިކްޓަރީ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ލަނޑުން ކާމިޔާބުކުރީ ވިކްޓަރީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމު ވާދަކުރެއެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސްއެވެ.

މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެއެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ވިކްޓަރީ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ލަނޑުން ކާމިޔާބުކުރީ ވިކްޓަރީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސެމީގެ ފުރަތަމަ މެޗާއި ދެވަނަ މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.

comment ކޮމެންޓް