ފަލަވެގެން މިސްރު ޓީވީގެ އަށް ޕްރެޒެންޓަރަކު ސަސްޕެންޑްކޮށްފި

ޝެނަލް 2ގެ ޕްރެޒެންޓަރު ހަދީޖާ ހައްތާބު: އޭނާ ބޭނުންވަނީ ޓީވީގެ ބެލުންތެރިން އޭނާ އަކީ ފަލަ މީހެއް ކަމަށް ނިންމަން --- ފޮޓޯ/ ބީބީސީ

މިސްރުގެ ދައުލަތުގެ ޓީވީގައި މަސައްކަތްކުރާ އަންހެން އަށް ޕްރެޒެންޓަރަކު ވަޒީފާ އިން ސަސްޕެންޑްކޮށް، ބަރުދަން ލުއިކުރުމަށް އަންގައިފި އެވެ.

ދަ އިޖިޕްޓިއަން ރޭޑިއޯ އެންޑް ޓެލެވިޒަން ޔޫނިއަން (އީއާރުޓީޔޫ) އިން ވަނީ ޓީވީ އަށް އެރުމުގެ ކުރިން އޮން އެއާއަށް ގުޅޭ ބުރުސޫރައެއްގައި ހުރުމަށްޓަކައި ބަރުދަން ލުއިކުރުމަށް، ވަޒީފާ އިން ސަސްޕެންޑްކުރި އަންހެން ޕުރެޒެންޓަރުންނަށް އެއް މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ސަސްޕެންޑްކުރި ޕްރެޒެންޓަރުންގެ ތެރެއިން މިސްރުގެ ޗެނަލް 2ގައި މަސައްކަތްކުރާ ހަދީޖާ ހައްތާބު ބުނީ، އޭނާގެ އެންމެ ފަހުގެ ބުރުސޫރައަށް ބެލުމަށް ފަހު އޭނާ އަކީ ޓީވީ ޝޯތައް ހޮސްޓް ކުރުމަށް ފަލަ މީހެއްތޯ ނުވަތަ ނޫންތޯ ނިންމަން ޖެހޭނީ އޯޑިއަންސް ނުވަތަ ބެލެނިވެރިން ކަމަށެވެ.

އެހެން ޕްރެޒެންޓަރަކު ބުނީ، އޭނާ ވަޒީފާއިން ސަސްޕެންޑްކުރުމުން އެކަމުގެ އަސަރު އާއިލާއަށް ކޮށްފައިވާ ކަމަށެވެ.

އީއާރުޓީޔޫގެ އެ ނިންމުމާ ގުޅިގެން އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ، ދަ ވުމެންސް ސެންޓާ ފޯ ގައިޑެންސް އެންޑް ލީގަލް އެވެއާނަސް އިން ވަނީ އެކަމަކީ އެގައުމުގެ ގާނޫނު އަސާސީއާ ހިލާފު އަދި އަންހެނުންނާ ދެކޮޅަށް ދިން އަނިޔާއެއް ކަމަށް ސިފަކޮށްފަ އެވެ. އަދި އީއާރުޓީޔޫ އިން ނިންމި އެ ނިންމުން އަނބުރާ ގެންދިއުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ. (ބީބީސީ)

comment ކޮމެންޓް