23 ރަން މެޑެލާއެކު އޮލިމްޕިކްގެ އެންމެ ކާމިޔާބު އެތުލީޓު ރިޓެއާ ކޮށްފި

ފެލްޕްސް: އޮލިމްޕިކްސްގެ އެންމެ ކާމިޔާބް އެތުލީޓް ވަނީ 23 ރަން މެޑަލްް ހޯދައިފަ --- ފޮޓޯ: އޭޕީ

އޮލިމްޕިކްސް ކުޅިވަރު އީދުގެ އެންމެ ކާމިޔާބު އެތުލީޓްގެ ގޮތުގައި 23 ރަން މެޑައްޔާއެކު އެމެރިކާގެ ފެތުންތެރިއާ މައިކަލް ފެލްޕްސް ކެރިއަރު ނިންމާލައިފިއެވެ.

މިހާރު ބްރެޒިލްގެ ރިއޯގައި ފެށިގެން ކުރިއަށްދާ އޮލިމްޕިކްސް މުބާރާތަށް ފެލްޕްސް ކުރިމަތިލީ ވެސް މީގެ ކުރިން 18 ރަން މެޑަލް ހޯދައިގެން އެންމެ ކާމިޔާބު އެތުލީޓްގެ ގޮތުގައެވެ. މިފަހަރުގެ އޮލިމްޕިކްސްގައި ހޯދި ފަސް ރަން މެޑަލާއެކު އޭނާ ވަނީ 2004 އިން ފެށިގެން ހަތަރު އޮލިމްޕިކްސްގައި ވާދަކޮށްފައެވެ.

އެމެރިކާގެ އިތުރުން ދުނިޔޭގެ އެންމެ ކާމިޔާބު ފެތުންތެރިޔާގެ ގޮތުގައި ވެސް ބެލެވިފައިވާ ފެލްޕްސް ވަނީ އޮލިމްޕިކްސްގައި ޖުމްލަ 28 މެޑަލް ހޯދާފަ އެވެ. އެއީ 23 ރަން މެޑަލްގެ އިތުރުން 3 ސިލްވާރ މެޑަލާއި ދެ ބްރޯންޒް މެޑަލް އެވެ.

"މިއީ އަހަރެންގެ އެންމެ އެންމެ ފަހު އޮލިމްޕިކްސް. ދެން އަހަރެން ނުފެންނާނެ އޮލިމްޕިކްސް އިންނެތް. އަދި އަހަރެންނަކީ ފެތުމުގެ މާސަޓަރައް ވެސް ނޫން. ފެތުމުގެ މާސްޓަރަކަށް ވުމުގެ އެއްވެސް ޝައުގުވެރިކަމެއް ވެސް ނެތް،" އޮލިމްޕިކްސް ގައި ފެލްޕްސް ފެތި ފަހު އިވެންޓް ކަމަށްވާ ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިން ރަން މެޑަލް ހޯދުމަށް ފަހު ބުންޏެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ފެލްޕްސް ރަން މެޑަލް ހޯދީ ހަތަރެއް ގުނަ 200 މީޓަރު ފްރީ ސްޓައިލް ރިލޭ އާއި 200 މީޓަރު ބަޓަރފުލައި އާއި ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިންނާއި ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭގެ އިތުރުން 200 މީޓަރު މެޑްލޭ އިންނެވެ.

އުމުރުން 31 އަހަރުގެ ފެލްޕްސް އާއި ދެން އެންމެ ގާތުން ވާދަކުރާ ސޯވިއެޓް ޔޫނިއަންގެ ލަރީސާ ލެޓީނިނާ އަށް ހޯދިފައި ވަނީ އޮލިމްޕިކްސްގައި ނުވަ ރަން މެޑަލެވެ.

comment ކޮމެންޓް