އޮލިމްޕިކްސްގައި ވާދަކޮށް ހީޓްގެ ތިން ވަނަ ނިޝްވާން ހޯދައިފި

ނިޝްވާން: އޭނާ ވަނީ އޮލިމްޕިކްސްގައި އޭނާ ވާދަކުރި ހީޓްގެ ތިން ވަނަ ހޯދައިފަ --- ފޮޓޯ؛ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

މިހާރު ބްރެޒިލްގެ ރިއޯގައި ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ރާއްޖޭގެ އެއް ވަނަ ފެތުންތެރިއާ އިބްރާހިމް ނިޝްވާން އޭނާ ވާދަކުރި 50 މީޓަރު ފްރީސްޓައިލްގައި ހީޓްގެ ތިން ވަނަ ހޯދައިފި އެވެ.

ޖުމްލަ 11 ހީޓްގައި 85 ފެތުންތެރިންނާ ވާދަކޮށް ނިޝްވާން ރޭސް ނިންމާފައި ވަނީ 26.72 ސިކުންތުންނެވެ. ޖުމްލަ 16 ފެތުންތެރިން ސެމީ ފައިނަލަށް ދިޔަ އެ އިވެންޓުން އޭނާ އަށް ލިބެނީ 71 ވަނައެވެ.

ރާއްޖޭގެ 50 މީޓަރު ފްރީ ސްޓައިލްގެ ގައުމީ ރިކޯޑް ވެސް އޮންނަނީ ނިޝްވާން އަތުގަ އެވެ. އެއީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް 26.40 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ނިޝްވާންގެ އިތުރުން ރާއްޖޭގެ އަނެއް ފެތުންތެރިއާ އައިމިނަތު ސަޖަން ވެސް ވަނީ އޮލިމްޕިކްސްގެ 100 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑްއާ ކޮށްފައެވެ. އެ އިވެންޓްގެ ޤައުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސަޖަން އެވެ. އެއީ 2014 ވަނަ އަހަރު ސްކޮޓްލަންޑްގެ ގްލާސްގޯގައި ބޭއްވި 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 100 މީޓަރ ފްރީސްޓައިލް އިވެންޓް 01:06.60 އިން ފުރިހަމަކޮށްގެންނެވެ. ސަޖަން އެރެކޯރޑް އާކޮށްފައި ވަނީ 01:05.71 އިން އިވެންޓް އިން ރޭސް ނިންމައިގެންނެވެ.

comment ކޮމެންޓް