އެކެޑަމީއަކީ ދިވެހި ލަފްޒެއް: އަޝްރަފް

ބަހުގެ އެކެޑަމީގެ ނަން ބޯޑް-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އެކެޑަމީއަކީ ދިވެހި ލަފްޒެއް ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

ދިވެހި ބަހަށް އިސްކަން ދިނުމަށް އެއެކެޑަމީން ގޮވާލާ ކޮންމެ ފަހަރު އެންމެ ބޮޑަށް ފާޑުކިޔުން ރައްދުވާ ކަމަކީ އެމުއައްސަސާއަށް އެކަޑަމީ ކިޔާތީ އެބޭފުޅުންވެސް ދިވެހި ބަހަށް އިސްކަން ނުދޭ ކަމަށް ބުނެ ކިޔާފާޑެވެ.

އަޝްރަފް ސަން އަށް ވިދާޅުވީ އެކެޑަމީއަކީ މިހާރު އާންމުވެފައިވާ ދިވެހި ލަފްޒެއް ކަމަށާއި ބަސް ފޮތުގައިވެސް އޮންނާނެ ކަމަށެވެ. ދިވެހިބަހަށް އިސްކަން ދިނުމުގެ ގާނޫނުން އެމުއައްސަސާ އުފައްދާފައި އެމުއައްސަސާއަށް ކިޔާނެ ނަމެއްގެ ގޮތުގައި ކަނޑައެޅީ އެކެޑެމީ ހިމެނޭގޮތަށް ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ސަން އަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"އެއީ އާންމުވެފައިވާ ލަފްޒެއް، ކައުނީ{ބުރޭންޑް} ލަފްޒެއް، އެންމެންގެ ލަފްޒެއް، ވަކި ބައެއްގެ އެއްޗެއް ނޫން، އެހެންވީމަ އަޅުގަނޑު ގަބޫލް ކުރަނީ އެއީ މިހާރު އާންމުވެފައިވާ ދިވެހި ބަހެއްގެ ގޮތުގައި،" އަޝްރަފް ވިދާޅުވިއެވެ.

އެކެޑަމީ އަކީ ބަހާއި ބެހޭ މުއައްސަސާތަކަށް ކިޔާ ބުރޭންޑް ނަމެކެވެ. ދުނިޔޭގެ މަޝްހޫރު އެކިބަސްބަހާއި ގުޅޭ މުއައްސަސާތަކަށްވެސް އެކަޑަމީ ހިމަނައިގެން ނަންދީފައިވެއެވެ. އޭގެ ތެރޭގައި އުރުދޫ އެކަޑަމީއާއި ހިންދީ އެކަޑަމީ ފަދަ އެތައް މުއައްސަސާއެއް ހިމެނެއެވެ.

comment ކޮމެންޓް