މިނިވަން ދުވަހުގެ މުނާސަބަތުގައި މީގެ ކުރިން ބާއްވަމުން އައި ދިވެހި ފަންނާނުންގެ މިއުޒިކީ އީދު، 10 އަހަރުގެ މެދުކެނޑުމަކަށް ފަހު މިރޭ ބާއްވައިފި އެވެ.
މާފަންނު ސްޓޭޑިއަމްގެ ޓްރެކު ދަނޑުގައި މިރޭ ފެށި މި ހަރަކާތުގައި ދިވެހި ގިނަ އަދަދެއްގެ ފަންނާނުންގެ ހުށަހެޅުންތައް ފެނިގެން ގޮސްފައި ވެ އެވެ.

ޖުަލައި 28، 2016: މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ފަންނާނުންގެ މިއުޒިކީ އީދުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ފަންނާނުންގެ މިއުޒިކީ އީދުގެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތު ބައްލަވައިލުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީގެ އިތުރުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ވަޙީދު ހަސަންމަނިކުގެ ދެމަފިރިކަނބަލުންނާއި ސަރުކާރުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން އެސަރަހައްދަށް ދިޔަ އެވެ.

ޖުަލައި 28، 2016: މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ފަންނާނުންގެ މިއުޒިކީ އީދުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިރޭގެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ދިވެހި ފަންނާނުންގެ މިއުޒިކީ ހަރަކާތްތައް ފެނިގެން ގޮސްފައި ވެ އެވެ. އެގޮތުން އެމްއެންޑީއެފް އޯކެސްޓްރާގެ ގިނަ ހަރަކާތްތަކެއް ފެނިގެން ދިޔަ އިރު، އެ އޯކެސްޓްރާއާ އެކު ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ރާފިޔަތު ރަމީޒާ، ޚަދީޖާ އިބްރާހިމް (ރިޒޫ) އަދި މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއް ކާމިޔާބުކުރި ލައިޝާ ޖުނައިދު ވަނީ ލަވަ ހުށަހަޅައިދީފަ އެވެ.

ޖުަލައި 28، 2016: މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ފަންނާނުންގެ މިއުޒިކީ އީދުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އޭގެ އިތުރުން، ލައިޝާގެ ސޯލޯ ހުށަހެޅުންތަކަކާއި، މޯލްޑިވިއަން އައިޑަލްގެ ދެވަނަ ރަނަރއަޕް މުހައްމަދު އިޝާންއާއި އެ މުބާރާތުގެ ގަދަ 10 ގައި ހިމެނުނު މުހައްމަދު މުއައްޒިން ނައީމާއި އޭނާ ހިމެނޭ "ގްރެވިޓީ ބައި ހަބޭސް" ބޭންޑުގެ ހުށަހެޅުންތައް ފެނިގެން ގޮސްފައި ވެ އެވެ.

ޖުަލައި 28، 2016: މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ފަންނާނުންގެ މިއުޒިކީ އީދުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އަދި ހަމަ އެއާ އެކު މިއުޒިކް ބޭންޑު "އިލޫޝަންސް"އާއި، ވައިޖޭ ހަމީދާއި، މަންދީރަ ބޮޑުބެރު ގްރޫޕުގެ ހުށަހެޅުންތައް ވެސް މިރޭ ފެނިގެން ގޮސްފައި ވެ އެވެ.
ޖުލައި 29 އަދި 30 ވަނަ ދުވަހާއި ރޭތަކުގައި ވެސް ފަންނާނުންގެ މިއުޒިކީ އީދު ކުރިޔަށް ދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޖުަލައި 28، 2016: މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ފަންނާނުންގެ މިއުޒިކީ އީދުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިނިވަން ދުވަހުގެ ޚާއްސަ ހަރަކާތެއްގެ ގޮތުގައި ފަންނާނުންގެ މިއުޒިކީ އީދު ކުރިޔަށް ދާ އިރު، މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް 30 ޖުލައި ވާ ހޮނިހިރު ދުވަހުގެ ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުރިޔަށް ދާނެ އެވެ. އެހެން ނަމަވެސް ހުކުރު ދުވަހުގެ ރޭ އެ ހަރަކާތްތަކުގެ ފަހު ރިހާސަލް އޮންނަ އިރު، އެ ރިހާސަލް ބަލާލުމަށް ވަނުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލައިފަ އެވެ.
----