ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަންޓޭ ޗެލްސީއަށް

ޗެލްސީއާ ގުޅުނު ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ: ޗެލްސީ އަށް އޭނާ ސޮއިކުރީ 32 މިލިއަން ޕައުންޑަށް ކަމަށް ހަބަރުތައް ބުނޭ.

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލެސްޓާ ސިޓީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ޗެލްސީ އަށް ސޮއިކޮށްފި އެވެ.

އިނގިރޭސި ޗެމްޕިއަން ލެސްޓާ ދޫކޮށް ކަންޓޭ ޗެލްސީއާ ގުޅިފައި ވަނީ 32 މިލިއަން ޕައުންޑަށް ކަމަށް ހަބަރުތައް ބުނެ އެވެ.

"އެންޓޯނިއޯ ކޮންޓޭ ފަދަ މޮޅު ކޯޗަކާ އެއްކޮށް، އަދި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންތަކަކާ އެއްކޮށް ކުޅެލަން ލިބުމުގެ ފުރުސަތު ގެއްލުވާލުމަކީ ފަސޭހަ ކަމެއް ނޫން. އިނގިރޭސި ފުޓްބޯޅާގައި އަހަރެން ހޭދަކުރި ފުރަތަމަ ސީޒަނަކީ ވަރަށް ހާއްސަ ސީޒަނެއް. ޗެލްސީގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި އިތުރު ކާމިޔާބީތަކެއް ހޯދިދާނެ ކަމަށް އުންމީދުކުރަން،" ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއެއްގައި ކަންޓޭ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށް އިނގިރޭސި ބޮޑެތި ކްލަބުތަކެއް ލެސްޓާއިން ހައިރާންކޮށްލިއިރު، އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ކަންޓޭ އެވެ. އަދި މި މަހު ނިމިގެންދިޔަ ޔޫރޯގެ ފައިނަލަށް ފްރާންސް ގެންގޮސް ދިނުމުގައި ވެސް ކަންޓޭގެ ދައުރު ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް