މާލެ ސަރަހައްދަށް މޫސުންގޯވުމާއެކު އެ ސަރަހައްދުގެ ފެރީ ދަތުރުތައް މޮނީޓާ ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ފެރީ ދަތުރުތައް މޮނީޓާ ކުރަމުންދާ ކަމަށާއި ކަނޑުދަތުރުތަކުގައި ރައްކާތެރިކަން އިސްކަންދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. ދަތުރުތަކުގެ ރައްކާތެރިކަން މިހާރު އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ހުޅުމާލެއަށް ދަތުރުކުރައްވާ ފަރާތްތަކުން ސައިކަލް ގެންދިއުން ރައްކާތެރި ނޫން ކަމަށާއި އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައި ގަދަވެދާނެ ކަމަށެވެ.
ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އުތުރާއި މެދުތެރޭގެ ކަނޑުތަށް ޢާއްމުގޮތެއްގައި ގަދަވާނެ ކަމަށް މެޓުން މައުލޫމާތުދެއެވެ.