އިނގިލިބޯ ކުދިންނާއި ނިޔަފަތި ކާ ކުދިން އެއްޗެއްސަށް އެލާޖިކްވާ މިންވަރު ދަށް!

އިނގިލި ބޯ ކުދިންނާއި ނިޔަފަތި ކާ ކުދިން އެއްޗެއްސަށް އެލާޖިކްވާ މިންވަރު ދަށް ކަމަށް ދިރާސާ އަކުން ވަނީ ދައްކާފައި ---

ނިޔަފަތިކާ ކުދިންނާއި އިނގިލި ބޯ ކުދިން، އެއްޗެއްސަށް އެލާޖިކްވުން ކުޑަ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ނިއުޒީލެންޑުގެ ސައިންސްވެރިން ދިރާސާ ކުރިއަށް ގެންދިޔައީ 1000 ބައިވެރިންނާ އެކު އެވެ. އެ ދިރާސާ އިން ދައްކާފައިވާ ފޮތުން، ބައެއް ކަހަލަ ޖަރާސީމު ހަށިގަނޑަށް އެތެރެވުމުން ހަށިގަނޑުގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަވެ އެވެ.

ކުދިން އިނގިލިބޯ މިންވަރާއި ނިޔަފަތިކާ މިންވަރު ބަލާފައި ވަނީ އުމުރުން ފަސް އަހަރުން ފެށިގެންނެވެ. އެއަށް ފަހު 13 އަހަރާއި 32 އަހަރުގައި އެކުދިން ވަނީ އެލާޖީތަކަށް ޓެސްޓުކޮށްފަ އެވެ.

އެ ދިރާސާގައި ބައިވެރި ކުރި ކުދިންގެ ތެރެއިން ތިންބައި ކުޅަ އެއްބައި ކުދިންނަކީ ވަރަށް ގިނައިން އިނގިލިބޯ ނުވަތަ ނުޔަފަތިކާ ކުދިންނެވެ. އުމުރުން 13 އަހަރު ވުމުން އެ ކުދިން އެލާޖީތަކަށް ޓެސްޓު ކުރި، ދިރާސާގައި ބައިވެރި ކުރި އެހެން ކުދިންނަށް ވުރެ އެއްޗެއްސަށް އެލާޖިކްވާ މިންވަރު ކުޑަ ކަމަށް ވަނީ ދައްކައިފަ އެވެ.

އެކުދިން ހިރަފުހާއި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ފަދަ ތަކެއްޗަށް އެލާޖިކުވާ މިންވަރު އެފަދަ އާދަތައް ނުހުންނަ ކުދިންނަށް ވުރެ ތިން ގުނަ ދަށް ކަމަށް ވަނީ ދައްކައިފަ އެވެ. އަދި އުމުރުން ދުވަސްވުމުން ވެސް އެލާޖިކްވާ މިންވަރު ދަށެވެ.

"އެއްގޮތަކަށް ވެސް އެފަދަ އާދަތަކަށް ހިތްވަރު ދެނީކީ ނޫން. އެކަމަކު އެފަދަ އާދަތަކުގެ ސަބަބުން ވެސް ފައިދާއެއް އެބަ ކުރޭ،" ދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފެސަރަކު ވިދާޅުވި އެވެ.

މައުލޫމާތު: ބީބީސީ

comment ކޮމެންޓް