ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އުފެއްދީ ހަމައެކަނި ގައުމަށް ހިދުމަތް ކުރުމަށް ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރުގެ ޓުވީޓާގައި ޕޯސްޓުކޮށްފައިވާ ފޮޓޯއެއްގައި އޭނާ ވިދާޅުވެފައި ވަނީ ޕީޕީއެމް އުފެއްދީ ތިމާގެ އަމިއްލަ ނަފުސުގެ ކުރިއަށް ގައުމު ނެރެން ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމް އުފެއްދީ ފައިސާގެ ކުރިއަށް ގައުމު ނެރެން ކަމަށެވެ.
އުމަރު މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ތެރޭގައި ހަމަނުޖެހުންތަކެއް އުފެދިފައިވާ ދުވަސްވަރެއްގަ އެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނާ ދޭތެރޭ ވަނީ ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅައްގަ އެވެ.