އިތުރު ކުއްތާއެއް ފުލުހުން ގެނެސްފި

ފާރަގެމަ ސްކޮޑްގައި ހިމެނޭ ކުއްތާއަކާ އެކު ފުލުހަކު ހަރަކާތްތެރިވަނީ: ސަން ފައިލް ފޮޓޯ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ހަލުވިކޮށް ފުޅާ ކުރުމުގެ ގޮތުން އެކުލަވާފައިވާ ކުއްތާ ސުކޮޑަށް ކަމަށްވާ ފާރަގެމައަށް އިތުރު ކުއްތާއެއް ގެނެސްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ ފާރަގެމަ ސުކޮޑަށް ގެނައި 17 ވަނަ ކުއްތާ މިދިޔަ ހަފްތާފަހުކޮޅު ގެނެސްފައިވާ ކަމަށެވެ.

ފަހުން ގެނައި ކުއްތާވެސް ގެނެސްފައި ވަނީ ނެތަލެންޑުންނެވެ.

ފުރަތަމަ ޑޯޑް ސްކޮޑުގައި ހިމެނޭ 16 ކުއްތާ ގެނެސްފައި ވަނީ ތިން ބުރެއްގެ މަތިން މިދިޔަ އަހަރުގެ މާޗް މަހު އެވެ.

އެ އެއްޗެހި ބޭނުންކޮށްގެން ފުލުހުން އަންނަނީ ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

comment ކޮމެންޓް