ދިރާގު 'އިފްތާރް އެޓް އެޗްއައިއެޗް' ޕްރޮމޯޝަންގެ ފައިސާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ހަވާލުކޮށްފި

ދިރާގު 'އިފްތާރް އެޓް އެޗްއައިއެޗް' ޕްރޮމޯޝަންގެ ފައިސާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ދިރާގު

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ 'އިފްތާރް އެޓް އެޗްއައިއެޗް' ޕްރޮމޯޝަންގެ ތެރެއިން، ދިރާގު ކަސްޓަމަރުންގެ ނަމުގައި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރުމަށް ނިންމި އެސްއެމްއެސް ފައިސާ އެ މަރުކަޒަށް ހަދިޔާކޮށްފިއެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ، 'އިފްތާރް އެޓް އެޗްއައިއެޗް' ޕްރޮމޯޝަންގެ ތެރެއިން، ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރުމަށް ނިންމި އެސްއެމްއެސް ފައިސާ މިއަދު އެ މަރުކަޒާ ހަވާލުކޮށްފައިވާ ކަަމަށެވެ.

ރޯދަމަހުގެ ކޮންމެ ހަފްތާއަކު ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އިން ފަސް ފަރާތަކަށް ރޯދަވީއްލުމުގެ ފުރުސަތު ލިބޭގޮތަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ‘iftar’ ޖެއްސެވުމަށް ފަހު 500 އަށް ފޮނުވާ ކޮންމެ މެސެޖަކަށް އެއް ރުފިޔާ ޗާޖު ކުރާގޮތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުން އެސްއެމްއެސް އިން ލިބޭ ހުރިހާ ފައިސާއެއް ދިރާގުން ނިންމާފައި ވަނީ ކަސްޓަމަރުންގެ ނަމުގައި ފިތުރު އީދު ދުވަހު ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރުމަށެވެ.

ދިރާގުން މިއަދު ވަނީ، ދިވެހިރައްޔިތުންނާއެކު ބަރަކާތްތެރި ފިޠުރު އީދު ފާހަގަކުރުމުގެ ގޮތުން މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީދުގެ ހަދިޔާ ބެހުމުގެ ހަރަކާތްތަކެއް ވެސް ކުރިޔަށްގެންގޮސްފައެވެ.

މާލޭގެ ފަސް ސަރަހައްދެއްގެ އިތުރުން، ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ އަށް އަތޮޅެއްގައި އީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ކުޑަކުދިން ޖަމާވާ އެކި ސަރަހައްދުތަކުގައި އީދު ނަމާދުގެ ފަހުގައި ދިރާގުން ވަނީ ހަދިޔާ ބަހާފައެވެ. އަދި މިއަދު ހަވީރުވެސް ބައެއް ސަރަހައްދުތަކުގައި މި ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް