ހުޅުމާލެއަށް ކަރަންޓު ލިބިއްޖެ، ސްޓެލްކޯއިން ބުނަނީ ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށް

ހުޅުމާލެ މަގު މަތި: ހުޅުމާލޭން މިއަދު ވަނީ ގަޑިއެއްހާއިރަށް ކަރަންޓު ކެނޑިފައި -- ސަންފައިލް ފޮޓޯ

މީގެ ދެގަޑިއެއްހާއިރު ކުރިން ހުޅުމާލެއިން ކަރަންޓު ކެނޑުމަށްފަހު، މިހާރު ކަރަންޓު ލިބިއްޖެ އެވެ.

ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް ރައޫފް ވިދާޅުވީ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިންޖީނު ނިވިގެން ކަމަށެވެ. އަދި މިހާރު މައްސަލަ ހައްލުވެ ހުރިހާ ފަރާތްތަކަކަށްވެސް ކަރަންޓު ދޫކޮށްފައިވާ ކަމަށް ރައޫފް ވިދާޅުވި އެވެ.

ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ވަރަށް ދަތިތަކާ ކުރިމަތިވިކަމަށް ބުނެ އާންމުން ވަނީ ޝަކުވާކޮށްފަ އެވެ. ހާއްސަކޮށް އީދު ދުވަހު ކަރަންޓު ދިއުމުން ދަތިވާ ކަމަށް އާންމުން ބުންޏެވެ.

ހުޅުމާލެއިން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދާދިފަހުން ވަނީ ހައްލުކޮށްފައެވެ.

comment ކޮމެންޓް