ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

ހުޅުމާލެ މަގު މަތި--

އީދު ދުވަސް ފާހަގަކުރަމުންދާއިރު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ހުޅުމާލެއަށް ދެމުންދާ ކަރަންޓުގެ ހިދުމަތް ކެނޑިއްޖެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ސަންއަށް ބުނީ މިއަދު 9:20 ކަންހާއިރުން ފެށިގެން އެއަވަށުން ކަރަންޓު ކެނޑި އެތައް ބަޔަކަށް އޭގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.

ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް ރައޫފް މިއަދު "ސަން"އަށް ވިދާޅުވީ ހުޅުމާލެއިން ކަރަންޓު ކެނޑުނު ނަމަވެސް ކަރަންޓު ކެނޑުނު ސަބަބެއް އަދި ކަރަންޓު ކެނޑުނު ސަރަހައްދެއް ބުނަން އަދި ނޭންގޭ ކަމަށެވެ.

އަނބުރާ ކަރަންޓް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ރައޫފް ވިދާޅުވިއެވެ.

ހުޅުމާލެއިން ދޭތެރެދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދާދިފަހުން ވަނީ ހައްލުކޮށްފައެވެ.

comment ކޮމެންޓް