އުމަރަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް ކަމަށް މައުމޫން ވިދާޅުވެއްޖެ

ކުރީގެ ރައީސް މައުމޫން: އުމަރު ނަސީރަކީ އުމަރަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި --- ސަން ފައިލް ފޮޓޯ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިއްޔެ އުމަރު މިނިސްޓަރު ކަމުން އިސްތިއުފާދެއްވިފަހުން ފުރަތަމަ ފަހަރަށް އުމަރާ ގުޅޭގޮތުން މައުމޫން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އުމަރަކީ ޝަރަފްވެރި ނަޒާހަތްތެރި ބޭފުޅެއް ކަމަށާއި އޭނާ އަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު : ރައީސް މައުމޫން ވިދާޅުވަނީ އުމަރަނީ ނަޒާހާތްތެރި ބޭފުޅެއް ކަމަށް ---- ސަން ފޯޓޯ: އަހުމަދު ޝަރުވާން

އިސްތިއުފާދެއްވިފަހުން މިހާތަނަށް އުމަރު މީޑިއާގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އޭނާ އިސްތިއުފާދެއްވި ސަބަބަބެއް ވެސް ރައީސް އޮފީހުން ބުނެފައެއް ނުވެއެވެ.

އުމަރު ރޭ އިސްތިއުފާ ދެއްވާފައިވާއިރު، ކުއްލިގޮތަކަށް ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނިފައިވާ ކަމަށެވެ.

comment ކޮމެންޓް