ފޮނިތޮށި ރަނގަޅީ ހަމައެކަނި ރަހައަކަށް ނޫން، ސިއްހަތަށް ވެސް!

ފޮނި އެއްޗަކަށް އަޅާލަން ނުވަތަ ރިހައިގެ ރަހަ ރަނގަޅުކޮށްލަންވެސް ބަދިގެ ތެރޭ އެންމެ ގިނައިން ބޭނުން ކުރާ އެއް ސްޕައިސްއަކީ ފޮނިތޮށްޓެވެ. ކާނާގެ ރަހަ ރަނގަޅުކޮށް ދިނުމުގެ އިތުރުން ފޮނިތޮށިން ހަށިގަނޑަށް ގިނަ ސިއްހީ ފައިދާތަކެއް ވެސް ލިބެ އެވެ.

އޭގެ ތެރޭގައި:

ލޭގައި ހަކުރު ހުންނަ މިންވަރު ބެލެންސްކޮށްދޭ

ކޮންމެ ދުވަހަކު ބައި ސައިސަމުސާ ފޮނިތޮށި ބޭނުން ކުރުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ބެލެންސްކޮށްދޭ ކަމެއް ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފައެވެ. ސަބަބަކީ ފޮނިތޮށްޓަކީ ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯން ކަމަށްވާ އިންސިއުލިންގެ މަސައްކަތުގައި އެހީތެރިވެދޭ އެއްޗެކަށް ވާތީ އެވެ. އެހެންކަމުން ފޮނިތޮށްޓަކީ ހަކުރު ބަލި ހުންނަ ފަރާތްތަކަށްވެސް ރަނގަޅު ސްޕައިސްއެކެވެ.

ގިނަ އަަދަދަކަށް އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވޭ

އެންޓިއޮކްސިޑެންޓްސްއަކީ ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުމުން ހަށިގަނޑު ރައްކާތެރިކޮށްދޭ މާއްދާއެކެވެ. އެހެންކަމުން ފޮނިތޮށްޓަކީ ސެލްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ އެއްޗެކެވެ.

ފަންގަލް އަދި ބެކްޓީރިއަލް އިންފެކްޝަންތަކުން ސަލާމަތްކޮށްދޭ

ފޮނިތޮށީގައި ހިމެނޭ ސިނެމަލްޑީހައިޑަކީ ތަފާތު އިންފެކްޝަންތަކާ ހަނގުރާމަކުރުމަށް ހަށިގަނޑަށް އެހީތެރިވެދޭ މާއްދާއެކެވެ. އެގޮތުން ސިނެމަން އޮއިލްއަކީ ފަންގަސް އަކުން ޖެހޭ އިންފެކްޝަނެއް ކަމަށްވާ އެތްލެޓިކް ފުޓުން މީހާ ސަލާމަތްކޮށްދޭ އޮއިލް އެކެވެ. އަދި ފޮނިތޮށްޓަކީ ގޯސް ބެކްޓީރިއާ ނައްތާލާ އެއްޗެއް ކަމުން އެއީ ދަތުގެ ހިރުގަނޑަށް ރަނގަޅު އަދި އަނގައިން ނުބައިވަސް ފިލުވައިދޭ އެއްޗެކެވެ.

ބަނޑަށް އުނދަގޫވުުމުން ދުރުކޮށްދޭ

ފޮނިތޮށްޓަކީ ހަށިގަނޑުން ގޭސް ބޭރުކޮށްދީ ބަނޑު ފުއްޕުން ހުއްޓުވައިދޭ ސްޕައިސްއެއް ކަމުން އެއީ ގޭހުގެ ސަބަބުން ބަނޑަށްވާ އުނދަގޫތައް ހުއްޓުވަން ރަނގަޅު އެއްޗެކެވެ.

މައުލޫމާތު: ސްޓެތްނިއުސް

comment ކޮމެންޓް