އެމެރިކާ އަށް އުފަން މަސްހޫރު ބޮކްސިން ލެޖެންޑް މުހައްމަދު އަލީ ނިޔާވެއްޖެއެވެ.
ހެވީ ވެއިޓް ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އުމުރުން 74 އަހަރުގެ މުހައްމަދު އަލީ ނިވާޔީ ނޭވާލާން އުނދަގޫވެ އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުއެވެ.
ހެވީ ވެއިޓް ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އުމުރުން 74 އަހަރުގެ މުހައްމަދު އަލީ ނިވާޔީ ނޭވާލާން އުނދަގޫވެ އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ. އޭނާ މަރުވެފައި ވަނީ، އެމެރިކާގެ ފީނިކްސް ސިޓީގެ އެރިޒޯނާ ސްޓޭޓްގެ ހޮސްޕިޓަލެއްގަ އެވެ.
އަލީގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނި، ޖަނާޒާ އޮންނާނީ އަލީގެ އުފަން ސަހަރު، ލުއީވިލްގެ ކެންޓަކީގައި ކަމަށެވެ.
މުހައްމަދު އަލީ ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަނެއްޖެހި އެޑްމިޓްކޮށްފައިވެ އެވެ.
އުމުރުން 12 އަހަރުގައި ބޮކްސިންގެ ދުނިޔެއަށް ނުކުތް އަލީ ދުނިޔޭގެ މަޝްހޫރުކަން ފުރަތަމަ ހޯދީ 1960 ވަނަ އަހަރު ރޯމް އޮލިމްޕިކްސްގައި ލައިޓް ހެވީވެއިޓް އިން ރަން މެދަލް ހޯދުމުންނެވެ.
އޭގެ ފަހުން "ދަ ގްރޭޓެސްޓް"ގެ ނަމުން ވަނަން ދެވިގެން ދިޔަ އަލީ ވަނީ، 1960 ވަނަ އަހަރު، އެމެރިކާގެ މަޝްހޫރު ބޮކްސިން ކުޅުންތެރިޔާ، ސޮނީ ލިސްޓަން ބަލިކޮށް އޭނާގެ ފުރަތަމަ ވޯލްޑް ޓައިޓަލް ކާމިޔާބުކޮށްފަ އެވެ.
އެ އަހަރު އޭނާ ވަނީ އިސްލާމްދީން ގަބޫލުކޮށްފަ އެވެ.
ޖުމްލަ 61 ބޮކްސިން މެޗް ކުޅެ އޭގެ ތެރެއިން 56 މެޗުން މޮޅުވެފައިވާ އަލީ ވަނީ 1981 ވަނަ އަހަރު ބޮކްސް އިން ރިޓަޔާޑްވެފަ އެވެ.
އެމެރިކާގެ ކުޅިވަރު މީޑިއާ، ސްޕޯޓްސް އިލުސްޓުރޭޓެޑް އިން "ގަރުނުގެ ކުޅިވަރު ކުޅުންތެރިޔާ"ގެ މަގާމާއި ބީބީސީ ދޭ "ގަރުނުގެ ކުޅިވަރު ޝަހްޝިއްޔަތު"ގެ މަގާމް ހޯދާފައިވާ އަލީ އަކީ ކުޅިވަރުގެ މައިދާނުގެ އިތުރުން މަދަނީ ހައްގުތަކަށް މަސައްކަތްކުރުމުގައާއި ޅެންވެރިކަމުގައި ފާހަގަކޮށްލެވޭ މީހެކެވެ.