ކްރީޑް ބޮކްސް އޮފީސް ފްލޮޕަކަށް!

ކްރީޑް 3ގެ ޕޯސްޓަރެއް -- (ޓެކްރޭޑާ)

މައިކަލް ބީ. ޖޯޑަން ލީޑުން ފެންނަ އެކްޝަން ޑްރާމާ ފިލްމު "ކްރީޑް 3" ބޮކްސް އޮފީސް ފްލޮޕަކަށް ވެއްޖެއެވެ.

ކްރިޓީކުންގެ ރަނގަޅު ރިވިއުތަކާއެކުގައިި ގިނަ އުއްމީދުތަކަކާ އެކު ވެސް މިފަހަރު ބޮކްސް އޮފީހުގައި ކްރީޑަށް ކާމިޔާބު ވާނެ ގޮތެއް ނުވިއެވެ.

ބައެއް ސަރަހައްދުތަކުގައި ލިމިޓެޑް ޝޯތަކެއްގެ ގޮތުގައި ކްރީޑް އަޅުވަން ފަށާފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. ނަމަވެސް ހަފުތާ ބަންދު ނިމިގެން ދިޔައިރު ފިލްމަށް ލިބިފައިވަނީ 5.5 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

މިއީ ޕްރޮޑަކްޝަނުން ލަފާކޮށްފައިވާ މިންވަރަށް ވުރެ ދަށް އަދަދެކެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި ފިލްމު ބައިނަލްއަގުވާމީ ކޮށް އެޅުވުމާއެކު ލިބޭނެ ކަމަށް ލަފާކުރާ ފަދަ އާމްދަނީއެއް ކަމަށް ބެލެވެއެވެ.

https://www.youtube.com/watch?v=AHmCH7iB_IM

"ކްރީޑް 3" އަކީ ހޮލީވުޑް ބޮކްސް އޮފީހުގައި މަގްބޫލު "ރޮކީ" ސީކުއެލްގެ ނުވަ ވަނަ ފިލްމެވެ. ރޮކީ ފްރެންޗައިޒްގައި "ކްރީޑް" ގެ ފިލްމެއް އެންމެ ފުރަތަމަ ނުކުތީ 2015 އަހަރު އެވެ. ރޮކީ ފިލްމުތަކުގެ ޓައިޓަލް ކެރެކްޓާ، ސިލްވެސްޓާ ސްޓަލޯންގެ ރޮކީ ބަލްބޯއާ، ސަޕޯޓިން ރޯލަކުން ފެނުނު އެ ފިލްމުގެ މެއިން ކެރެކްޓާ ކުޅެފައިވަނީ މައިކަލް ބީ ޖޯޑަން އެވެ.

ކްރީޑްގެ ދެވަނަ ފިލްމެއް 2018 ވަނަ އަހަރުގައި ނެރުނު އިރު ތިންވަނަ ފިލްމު ނެރުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގައެވެ. ނަމަވެސް އެކި ސަބަބު ތަކާ ހުރެ ފިލްމު ރިލީޒް ކުރުން ވަނީ މި މަހުގެ 15 އަށް ލަސްވެފައެވެ. ފިލްމު ޑިލޭ ވެގެން ދިޔުމަކީ ފިލްމުގެ މަގުބޫލުކަމަށް ލިބުނު ބޮޑު ގެއްލުމެކެވެ.

comment ކޮމެންޓް