ކުނަހަންދޫ ސްކޫލް ޓީޗަރުގެ ބަންދަށް 10 ދުވަސް

ލ. ކުނަހަންދޫ ސްކޫލް: ޓެރަރިސްޓް ޖަމާއަތަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި އެ ސްކޫލްގެ ލީޑިން ޓީޗަރު އަބްދުﷲ މައުރޫފް ވަނީ ހައްޔަރުކޮށްފައި -- ފޭސްބުކް ފޮޓޯ

އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓު ކޮށްދޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ލ. ކުނަހަންދޫ ސްކޫލްގެ ލީޑިން ޓީޗަރު އަބްދުﷲ މައުރޫފުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި އެވެ.

މިމަހުގެ 29 ވަނަ ދުވަހުގެ ރޭ މައުރޫފް ހައްޔަރުކޮށްފައިވާއިރު، ސިވިލްސާވިސް ކޮމިޝަނުން މިހާރު ވަނީ އޭނާ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.

މައުރޫފްގެ މޮބައިލް ފޯނާއި އޭނާގެ ލެޕްޓޮޕާއި އަދި ކުނަހަންދޫ ސްކޫލްގައި އޭނާ ބޭނުންކުރަމުންދިޔަ ކޮމްޕިއުޓަރު ސިސްޓަމްގެ ހާޑު ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.

މައުރޫފަކީ ހަރުކަށި ދީނީ ސިޔާސަތު ފެތުރުމަށް ވަކި ޖަމާއަތް ހަދައިގެން ގެއެއްގައި ހުކުރުކޮށް އައިއެސް ޖަމާއަތާ ބައިވެރިވުމަށް ރާއްޖެ އިން މީހުން ފޮނުވުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

comment ކޮމެންޓް