ވޯލްޑް ކަޕް: ދިވެހި ފުލުހުން ދިން އިރުޝާދުތަކަށް އަމަލުކޮށް، ސަޕޯޓަރުން ދިން އެއްބާރުލުމަށް ޝުކުރުއަދާކޮށްފި

ނިމުނު އަހަރުގެ ވޯލްޑް ކަޕް މެޗެއްގައި ސަޕޯޓަރުން ---- ސަންފޮޓޯ/ ނާއިލް ހުސައިން

ރޭ ކުޅުނު ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަ ސެމީ ފައިނަލުގެ މެޗަށްފަހު ސަޕޯޓަރުންގެ ފަރާތުން ދިން އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފިއެވެ.

ރޭ އާޖެންޓީނާއާއި އިންގްލެންޑް ބައްދަލުކުރި ފޯރިގަދަ މެޗު ފެށުމުގެ ކުރިން ފުލުހުން ވަނީ، މެޗާ ގުޅުވައި އުފާފާޅުކުރުމުގައި އަމާންކަން ގެއްލިދާނެ ފަދަ ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

https://sun.mv/224699

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ރޭ ކުޅުނު ފުޓްބޯޅަ މެޗަށްފަހު ކުރިއަށްދިޔަ އުފާފާޅުކުރުމުގެ ހަރަކާތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ބުނެފައެވެ.

މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި އާންމު ދިރިއުޅުމަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށްޓަކައި ފުލުހުން ދިން އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، ދެއްވި އެއްބާރުލުން ފާހަގަކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ފަރާތުން މިފަދަ އެއްބާރުލުމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ވެސް ގަދަވެފައިވާއިރު، މާލެ ސަރަހައްދުގެ ބައެއް އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ގިނަ އަދަދެއްގެ މީހުން މެޗުތައް ބަލައެވެ. އާންމު ގޮތެއްގައި ދަންވަރު އޮންނަ މެޗުތައް ބެލުމަށް ފަހު ބައެއް މީހުން އުފާ ފާޅުކުރުމުގެ ގޮތުން އެއްވެ، މަގުމައްޗަށް ވެސް ނުކުމެ އުޅެއެވެ.

ރާއްޖެއަކީ ފުޓްބޯޅައިގެ ފޯރިގަދަ ގައުމެއް ކަމަށްވާއިރު، މި ގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވެސް އެ ފޯރީގައި ބައިވެރިވެއެވެ. ޚާއްސަކޮށް، އާޖެންޓީނާއަށް އޮންނަ ތާއީދު ބޮޑުކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް