ޓްރިޕް އެޑްވައިޒާގެ ސެޓްފިކެޓް އޮފް އެކްސެލެންސް ސަން ސިޔާމް އިރުފުއްޓަށް ލިބިއްޖެ

ސަން ސިޔާމް އިރުފުށި މޯލްޑިވްސް --

ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ގޮތުން މައުލޫމާތު ހިމެނޭ ވެބްސައިޓް "ޓްރިޕް އެޑްވައިޒާ"އިން ދޭ ސެޓްފިކޭޓް އޮފް އެކްސެލެންސް، ސަން ސިޔާމް އިރުފުށި ރިސޯޓަށް ލިބިއްޖެ އެވެ.

މި ސެޓްފިކެޓަކީ، ދަތުރުވެރިން ޓްރިޕް އެޑްވައިޒާގައި ދޭ ރިވިއުތަކަށް ބަލާފައި، އެ ވެބްސައިޓުން ދޭ ސެޓްފިކެޓެކެވެ. މި ސެޓްފިކެޓުން ފާހަގަ ކުރަނީ އެތަނެއްގެ މެހެމާންދާރީގެ ފުރިހަމަ ކަމެވެ.

ސަން ސިޔާމް އިރުފުށި ރިސޯޓުން ބުނާ ގޮތުގައި، ސެޓްފިކެޓް އޮފް އެކްސެލެންސް ލިބުމަކީ އެ ރިސޯޓަށް ލިބުނު ފަޚުރެކެވެ.

"މިއީ ގެސްޓުންނަށް އެންމެ ފުރިހަމަ، ރަނގަޅު ތަޖުރިބާއެއް ފޯރުކޮށްދޭން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ވަރުގަދަ ހެއްކެއް. މިއީ ޓްރިޕް އެޑްވައިޒާގެ ފަރާތުން އަޅުގަނޑުމެން ރިކޮގްނައިޒް ކުރި ދެވަނަ ފަހަރު. އިރުފުއްޓަށް ޒިޔާރަތް ކުރާ ފަތުރުވެރިން ދޭ ރަނގަޅު ފީޑްބެކްއަށް ޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ސަން ސިޔާމް އިރުފުށީގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ތަމްހީދު ވިދާޅުވި އެވެ.

ޓްރިޕް އެޑްވައިޒާގެ އިންޑަސްޓްރީ މާކެޓިންގް ވައިސް ޕްރެޒިޑެންޓް ހެދާ ލައިޒްމަން ވިދާޅުވީ، ޓްރިޕް އެޑްވައިޒާގެ ސެޓްފިކެޓް އޮފް އެކްސެލެންސަކީ، ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި އެންމެ ރަނގަޅު ރިވިއުތައް ލިބޭ ފަރާތްތައް ޝަރަފުވެރި ކުރުވުމަށް ދޭ ސެޓްފިކެޓެއް ކަމަށެވެ.

"މި ރިކޮގްނިޝަނުގެ ސަބަބުން، ފަތުރުވެރިންނަށް އެނގޭނެ އެންމެ ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދޭ ރިސޯޓުތައް. އެމީހުންނަށް ފަސޭހަ ވާނެ ރިސޯޓެއް ޗޫޒް ކުރުމުގައި،" ހެދާ ލައިޒްމަން ވިދާޅުވި އެވެ.

ޓްރިޕް އެޑްވައިޒާގެ ސެޓްފިކޭޓް އޮފް އެކްސެލެންސް ލިބެނީ، 12 މަސް ދުވަހުގެ މުއްދަތަކަށް، ފަތުރުވެރިންގެ ރިވިއުތަކަށް ބެލުމަށް ފަހު އެވެ. މި ސެޓްފިކެޓަށް ކޮލިފައި ވަނީ 12 މަސް ދުވަސް ވަންދެން، ޓްރިޕް އެޑްވައިޒާ ރޭޓިންގްސްގައި ފަސް ތަރީގެ ތެރެއިން މަދުވެގެން ހަތަރު ތަރީގެ ރޭޓިންގް ހިފެހެއްޓިއްޖެ ނަމަ އެވެ.

comment ކޮމެންޓް