ދެވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް ފަށައިފި

ދެވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި ޔޫތު ސްޕޯޓްސް ކްލަބާއި ފިއޮންތީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ޔޫތު ސްޕޯޓްސް ކްލަބު މޮޅުވީ 18-17 އިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

ދެވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް އިއްޔެ ފަށައިފި އެވެ.

ޓްރެފިކް ޕޮލިސް ކުރިމަތީ އޮންނަ ވެލިދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ވަނީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނުގެ މެޗެއް ކުޅެފަ އެވެ.

ދެވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި ޔޫތު ސްޕޯޓްސް ކްލަބާއި ފިއޮންތީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ޔޫތު ސްޕޯޓްސް ކްލަބު މޮޅުވީ 18-17 އިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

އަންހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުގައި ބައްދަލުކުރީ ޔޫތު ސްޕޯޓްސް ކްލަބާއި ފިއޮންތީ ސްޕޯޓްސް ކްލަބެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗު 18-17 އިން ކާމިޔާބުކުރީ ޔޫތު ސްޕޯޓްސް ކްލަބެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތު ސްޕޯޓްސް ކްލަބުގެ ފާތިމަތު ރިޝްމާ އެވެ.

ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުގައި ބައްދަލުކުރީ ރޮކް ސްޓްރީޓް ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ. އެ މެޗު ފަސޭހަކަމާއެކު 4-34 އިން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ އަހްމަދު ނަޖީބެވެ.

އިއްޔެއިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ އަންހެން ޑިވިޝަން އަދި ފިރިހެން ޑިވިޝަނުގައި ވެސް ހަތަރު ޓީމެއް ވާދަކުރެ އެވެ.

ދެވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި ޔޫތު ސްޕޯޓްސް ކްލަބާއި ފިއޮންތީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ޔޫތު ސްޕޯޓްސް ކްލަބު މޮޅުވީ 18-17 އިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރަނީ ޔޫތު ސްޕޯޓްސް ކްލަބާއި، ޓީ ރެކްސް ސްޕޯޓްސް އެކެޑަމީ އާއި، ދިވެހި ސިފައިންގެ ކްލަބު އަދި ފިއޮންތީ ސްޕޯޓްސް ކްލަބެވެ. ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބާއި، ޕޮލިސް ކްލަބާއި، ޔޫތު ސްޕޯޓްސް ކްލަބު އަދި ދިވެހި ސިފައިންގެ ކްލަބެވެ.

މި މަހުގެ 27 ވަނަ ދުވަހު ކުޅޭ ފައިނަލު މެޗުތަކުގައި ވާދަކުރާނީ ދެ ޑިވިޝަނުގެ އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.

comment ކޮމެންޓް