ނައިޓް މާކެޓް ބަންދުކޮށްފި، މޫސުން ތަންދޭނަމަ މިރޭ 8ގައި ހުޅުވާނެ

ވިއްސާރަވުމުން ނައިޓްމާކެޓް ސަރަހައްދު ބަންދުކޮށްފައި-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މޫސުން ގޯސްވުމުގެ ސަބަބުން ވަގުތީ ގޮތުން ނައިޓްމާކެޓް ބަންދުކޮށްފި އެވެ.

ނައިޓް މާކެޓް އިންތިޒަމު ކުރާ މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކާނިވާ ސަރަހައްދުގައި ފެން ބޮޑުވެފައިވާ ކަމަށެވެ.

އެހެންކަމުން ފެން ހިންދައި، ފަސް އެޅުމުގެ މަސައްކަތް ކުރިއަށް ދާތީ މިރޭ 8:00 އާ ހަމައަށް ނައިޓް މާކެޓް ބަންދުވާނެ ކަމަށެވެ.

މޫސުން ރަނގަޅުނަމަ މިރޭ 8:00 ގައި ނައިޓްމާ ކެޓް އަލުން ހުޅުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެެވެ.

އެމްއެމްއޭސީން ކުރިން ބުނެފައި ވަނީ ވިއްސާރަވެ މޫސުން ގޯސްވުމުން ނައިޓް މާކެޓް ބަންދުކުރަން ޖެހޭނަމަ ނައިޓް މާކެޓްގެ މުއްދަތު އިތުރުކުރާނެ ކަމަށެެވެ.

comment ކޮމެންޓް