ދިރާގުޕޭއިން ރިލޯޑްކޮށްގެން ހިލޭ ކްރެޑިޓް ހޯދުމުގެ ފުރުސަތެއް

ދިރާގުޕޭ އެޕްލިކޭޝަން ބޭނުންކޮށްގެން ޕްރިޕެއިޑް ނަންބަރުތަކަށް ރީލޯޑްކުރާ ކަސްޓަމަރުންނަށް ހަ ޕަސެންޓުގެ ހިލޭ ކްރެޑިޓް ލިބޭނެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފައެވެ. މި ޕްރޮމޯޝަންގެ ދަށުން ވަކި އަދަދުތަކެއް ރީލޯޑްކުރުމުން އިތުރު ބޯނަސް ކްރެޑިޓް ލިބޭނެއެވެ. މީގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް މުއާމަލާތްތައް ކުރުމަށް އާންމުންނަށް ހިތްވަރުދީ ފިންޓެކްގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމެވެ.

  • ދިރާގުޕޭ މެދުވެރިކޮށް ރީލޯޑްކުރުމުން ހަ ޕަސެންޓް ބޯނަސް ކްރެޑިޓް ލިބޭނެއެވެ.
  • މި އޮފާގެ ދަށުން 100، 200 އަދި 500 ރުފިޔާގެ ރީލޯޑަށް އިތުރު ފައިސާ ލިބެއެވެ.
  • މި ޕްރޮމޯޝަންގެ މުއްދަތު ހަމަވާނީ ޖޫން 16 އަށެވެ.
  • މީގެ ބޭނުމަކީ ޑިޖިޓަލް މުއާމަލާތްތައް ކުރުމަށް އާންމުންނަށް ހިތްވަރުދިނުމެވެ.

ދިރާގުޕޭ އެޕް މެދުވެރިކޮށް ވަކި އަދަދުތަކެއް ރީލޯޑް ކޮށްގެން ހަ ޕަސެންޓް ކްރެޑިޓް އިތުރަށް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

މި ގޮތުން، ދިރާގުޕޭ މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބޭނެ ގޮތްތަކަކީ:

  • 100 ރުފިޔާގެ ރީލޯޑުކަށް އިތުރު 6 ރުފިޔާ
  • 200 ރުފިޔާގެ ރީލޯޑުކަށް އިތުރު 12 ރުފިޔާ
  • 500 ރުފިޔާގެ ރީލޯޑުކަށް އިތުރު 30 ރުފިޔާ

ދިރާގުން ބުނީ އެ ޚާއްސަ އޮފާ މެދުވެރިކޮށް ހިލޭ ކްރެޑިޓް ލިބޭނީ، ދިރާގުޕޭ އެޕްގައިވާ "ފީޗާޑް" ޓެބް މެދުވެރިކޮށް، "ދިރާގު ރީލޯޑް" އިޚްތިޔާރުކޮށްގެން ކަމަށެވެ. އެއަށްފަހު، ޕްރިޕެއިޑް ފޯނު ނަންބަރާއި ރީލޯޑްކުރަން ބޭނުންވާ އަދަދު ޖެހުމުން އިތުރު ކްރެޑިޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން އެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ޖޫން މަހުގެ 16ގެ ނިޔަލަށެވެ.

ރީލޯޑް ޚިދުމަތުގެ އިތުރުން ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ޚިދުމަތްތައް ހިމެނެއެވެ.

ދިރާގުން ބުނީ މި ޚާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުންކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް