އުރީދޫގެ 18 ވަނަ އުމްރާ ދަތުރު ލިބޭ ނަސީބުވެރިޔާ ހޮވައިފި

އުރީދޫގެ 18 ވަނަ އުމްރާ ދަތުރު ހަވާލުކުރުން -- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސްއިން ފާހަގަކުރަމުންދާ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިންގެ ދަށުން ދޭން ހަމަޖެހިފައިވާ އުމްރާ ދަތުރުތަކުގެ ތެރެއިން 18 ވަނަ ނަސީބުވެރިޔާ ވަނީ ހޮވާފައެވެ. މި ފަހަރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ އަމްސަދު ނަޖުމީއެވެ. މި ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ދިނުމަށާއި، 20 ވަނަ ނަސީބުވެރިޔާއަށް ދެ މީހެއްގެ ހައްޖު ދަތުރު ދިނުމަށް އުރީދޫން ކުރިއަށްގެންދާ ޚާއްސަ ޕްރޮމޯޝަނެކެވެ. މިއީ އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

  • 18 ވަނަ އުމްރާ ދަތުރުގެ ނަސީބުވެރިއަކީ އަމްސަދު ނަޖުމީއެވެ.
  • މި ކެމްޕެއިންގައި 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބޭނެއެވެ.
  • 20 ވަނަ ނަސީބުވެރިޔާއަށް ދެ މީހެއްގެ ހައްޖު ދަތުރު ލިބޭނެއެވެ.
  • މިއީ އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތެކެވެ.

އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ތެރެއިން، އުމްރާ ދަތުރު ލިބޭ 18 ވަނަ ނަސީބުވެރިޔާ ހޮވައިފިއެވެ.

ނަސީބުވެރި ފަރާތަކަށް ހޮވުނީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ އަމްސަދު ނަޖުމީއެވެ. އޭނާގެ ބަދަލުގައި އިނާމާ ހަވާލުވެލީ އިގްބާލް އަލީއެވެ.

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރުތައް، 19 ކަސްޓަމަރަކަށް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ. ވިހި ވަނަ ނަސީބުވެރިއަކަށް ހޮވޭ ފަރާތަށް ދޭން ހަމަޖެހިފައިވަނީ، ދެ މީހަކަށް ބައިވެރިވެވޭ ހައްޖު ދަތުރެކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

  • އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން

އުރީދޫން ވަނީ 20 އަހަރުގެ ކުޑަމުއްދަތުގައި މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފައެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު އެ ކުންފުނީގެ ސޯޝަލް މީޑިއާ އާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް