އީވޯޓިން އާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް އެމްޑީޕީ އިން އަނެއްކާ ވެސް އެދެފި

ޖޫން 6، 2015: މ. ދިއްގަރުގައި ވޯޓުލުން ކުރިއަށް ދަނީ ---- ސަން ފޮޓޯ/ އަހްމަދު އާޒިފް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިންގެ ނިޒާމް ބޭނުން ކުރުމަށް ނިންމަވާފައި ވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނާ ގޮތުން، އީ ވޯޓިން ނިޒާމު ބޭނުން ކުރަން ނިންމުމުން އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އެ ޕާޓީ އިން ވަނީ މީގެ ކުރިން ވެސް އިލެކްޝަނަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެހެންނަމަވެސް އެ ސިޓީ އަށް އެދި ފައިވާ މައުލޫމާތު އިލެކްޝަނުން ހިއްސާކޮށްފައި ނުވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނާ ގޮތުން، އީ-ވޯޓިންގެ ނިޒާމު ރާއްޖެ އަށް ތައާރަފު ކުރުމާ ގުޅޭ ގޮތުން އެ ޕާޓީ އިން ކަންބޮޑުވާ ކަންކަން އިލެކްޝަނަށް ފޮނުވި ސިޓީގައި ހިއްސާކޮށްފައި ވާނެ އެވެ.

އެގޮތުން ރާއްޖެއަކީ އާބާދީ ކުޑަ ގައުމަކަށްވެފައި، މަދު ގަޑި އިރުތަކެއްގެ ތެރޭގައި ވޯޓު ފޮށިތަކުގެ ނަތީޖާތައް އިއުލާންކުރެވޭ ހިނދު އީ-ވޯޓިންގެ ނިޒާމަށް ކުއްލި ގޮތަކަށް ބަދަލުކުރަން ޖެހޭ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ސިޓީގައި ބުނެފައިވާނޭ ކަމަށް އެމްޑީޕީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަދި އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ވެފައި އެ ޕާޓީއާ މަޝްވަރާ ނުކޮށް އެ ފަދަ ބަދަލެއް ގެނައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމުގައި ވެސް އެ ސިޓީގައި ބުނެފައިވާނޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް

comment އަހުމަދު

9 year 11 month ago

ޕީޕީއެމް އެކްޓިވިސްޓުން މިފަދަ މުޢައްސަސާތަކަށް ލެއްވީމާ ވާނޭގޮތް މިވަނީއެވެ. ވޯޓަކީ ރައްޔިތުންގެ ހައްގެކެވެ. ރައްޔިތުންނަ އެ ވޯޓާމެދު ސުވާލު އުފެދެންނާ އެއަށް މުއައްސަސާގެ ވެރީން ޖަވާބު ދާރީވާން ވާނެއެވެ. އިތުބާރު އުފެއްދުމަކީ ހައްގު ލިބޭނޭކަން ޔަގީވުމެވެ. ޝައްކު އުފެދުމަކީ ބޭ އިންސާފު ކަމަށް ގަބޫލު ކުރެވިދާނެއެވެ.

comment Mamen

9 year 11 month ago

Thihaa bodah eulhenee mdp mikamah thaaeedhu kuraathee.. kurin mdp in kuran ulhunu kameh mee. Mihaaru misarukaarun kuraathee varah ufalun eulhenee. Idhikolhu kamah dhah kanee ekan kuran thaaeedhu kuraathee.

comment މޫސަ

9 year 11 month ago

މަކަރާހީލަތުން އޮޅުވާލުމާ މަކަރުން ސަލާމަތްވާނެގޮތްހަދަން ވަރައްމުހިންމު އެކަމާ ބަޔަކުހަޖަމްނުވިޔަސް ކުރާނެކަމެއްނެއް ހަޖަމްކޮއްލާ

comment އަހުމަދު ސަރީފު

9 year 11 month ago

ރަގަޅު ވާހަކައެ

comment ގުރޮނު

9 year 11 month ago

އެއްމެބޮޑުޕާޓީ، ހަހަހަހަހަހަހަހަހ