އަސްލަމާއި ރީކޯ އަދި ޑރ. ޑީޑީ ފަދަ ކުރީގެ އިސް ބޭފުޅުންނަށް އިންތިޚާބުން ނާކާމިޔާބު

އެމްޑީޕީގެ "އުފާވެރި މާލެ" ޖަލްސާގައި އެޕާޓީގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އިއްޔެ ކުރިއަށްދިޔަ އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި، އެ ޕާޓީގެ އިސް ސަފުގައި ކުރިން ފާހަގަކޮށްލެވުނު ގިނަ ބޭފުޅުންތަކަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފިއެވެ.

މި އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު އަސްލަމާއި، މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ގެ އިތުރުން، މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ފަލާޙާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ) ހިމެނިވަޑައިގަންނަވައެވެ.

https://sun.mv/231149

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓަކަށް ހުންނެވި އަސްލަމް މި އިންތިޚާބުގައި ވާދަކުރެއްވީ އައްޑޫ ސިޓީގެ ފަސް ގޮނޑީގެ ތެރެއިން ގޮނޑިއަކަށެވެ. އަދި މޫސާ މަނިކާއި، ފަލާޙުގެ އިތުރުން ޑރ. ޑީޑީ ވާދަކުރެއްވީ ގައުމީ މަޖިލީހުގެ މާލޭ ދާއިރާތަކުގެ ގޮނޑިތަކަށެވެ.

މި އިންތިޚާބުގައި އައްޑޫ ސިޓީން ފަސް މެންބަރުން އިންތިޚާބު ކުރިއިރު، މާލެއިން 16 މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

https://sun.mv/231159

އިއްޔެގެ އިންތިޚާބުގެ ނަތީޖާތަކަށް ބަލާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ ހޯދާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒް އިސްމާޢީލް އިސްކޮށް ތިއްބަވައިގެން ވާދަކުރެއްވި "ބޮޑު ބަދަލު" ޓީމުންނެވެ. އެގޮތުން، މާލެއާއި އައްޑޫ ސިޓީގެ ގައުމީ މަޖިލީހުގެ ގޮނޑިތަކުގެ މެޖޯރިޓީ ވެސް ކާމިޔާބުކޮށްފައި ވަނީ އެ ޓީމުންނެވެ.

މި އިންތިޚާބަކީ އެމްޑީޕީގެ ކުރިމަގުގެ ސިޔާސީ މިސްރާބު ކަނޑައެޅުމަށާއި، ޕާޓީގެ އެތެރޭގެ ހިންގުން ވަރުގަދަކުރުމުގެ މަގްޞަދުގައި ބޭއްވުނު މުހިންމު އިންތިޚާބެކެވެ.

comment ކޮމެންޓް