އަމިއްލަ އިހްތިޔާރުގައި އިމާރާތަކުން ފުންމާލި މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ހ. ރެވިމާގެ ދެ ވަނަ ބުރިން އެ މީހާ ފުންމާލީ އޭނާ ސަލާމަތް ކުރަން އުޅެނިކޮށެވެ. ސިފައިންނާއި ފުލުހުން ދިޔައީ އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރަމުންނެވެ.
ފުލުހުންނާއި ސިފައިން ވަނީ އޭނާ އިމާރާތުން ފުންމާލާފާނެ ކަމަށް ބަލައި އެ އިމާރާތާ ދިމާލު ތިރީގައި އޭނާ އަށް އަނިޔާނުވާނެ ގޮތަށް ވައިޖަހައިގެން ފުއްޕާފައިވާ އެއްޗެއް ބަހައްޓާފަ އެވެ.
އޭނާ އިމާރާތުން ފުންމާލައިގެން ގޮސް ޖެހުނީ ވައިޖަހައިގެން ފުއްޕާފައިވާ އެއްޗެއްގެ މައްޗަށެވެ. ނަމަވެސް އެކަށީގެންވާ ވަރަށް އެއަށް ވައި ޖަހާފައި ނުވުމުން އޭނާގެ ބޯ ބިންމަތީގައި ޖެހި ފަޅައިގެން ގޮސްފައިވެ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ހެޔެއް ނެތެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިމާރާތެއްގެ މަތިން ފުންމާލަން އުޅުނު މީހަކު ވެއްޓުމުން ލިބުނު އަނިޔާ އަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމައްސަލަ ތަހުގީގު ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާގާނޫނުލްއުގޫބާތުގައި ބުނެފައިވާގޮތުން އަމިއްލަޔަށް މަރުވާން އުޅުމަކީ ކުށެކެވެ. އަދި އަމިލަޔަށް މަރުވާން އުޅުނުކަން ސާބިތުވެއްޖެ ނަމަ ދެވޭ އެންމެ ބޮޑު އަދަބެއްގެ ގޮތުން ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވަނީ އެއް އަހަރެވެ.
އަމިއްލަޔަށް މަރުވުމަކީ އިސްލާދީނުގައި ހަރާމް ކަމެކެވެ.
އޭނާ އިމާރާތުން ވެއްޓުމުން ގޮސް ޖެހުނީ ވައިޖަހައިގެން ފުއްޕާފައިވާ ބެޑެއްގެ މައްޗަށެވެ. ނަމަވެސް އެކަށީގެންވާ ވަރަށް އެއަށް ވައި ޖަހާފައި ނުވުމުން އޭނާގެ ބޯ ބިންމަތީގައި ޖެހި ފަޅައިގެން ގޮސްފައިވެ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހެޔެއް ނެތެވެ.