ކަލާފާނު ސުކޫލްގެ މައްޗަށް ކުރި ހޯދައި މުހިއްޔިއްދީން ސްކޫލް ދެވަނަ ބުރަށް ދަތުރުކޮށްފި

އިންޓަރ ސްކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކަލާފާން ސްކޫލް އާއި މުހިއްޔުއްދީން ސުކޫލް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

މިހާރު ކުރިއަށްދާ އިންޓާ ސްކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ކަލާފާން ސްކޫލްގެ މައްޗަށް 3-6ގެ ނަތީޖާ އަކުން މުހިއްޔުއްދީން ސުކޫލް ކުރި ހޯދައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ތިން ގުރޫޕް އަކަށް ބަހާލައިގެން ކުރިއަށްދާ އެ މުބާރާތުގެ ގުރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ދ. އަތޮޅު ތައުލީމީ މަރުކަޒު ދެވަނަ ބުރުގެ ފުރަތަމަ ޖާގަ ހޯދާފައިވާއިރު މުހިއްޔިއްދީން ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕް ދޭއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ތިން ގުރޫޕްގެ އެއްވަނަ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭއިރު ގުރޫޕް ތިނެއްގެ އެއްވަނަ ޓީމް ކަށަވަރު ވެގެންދާނީ ގުރޫޕް ސްޓޭޖްގައި މިއަދު ކުޅޭ ފަހު މެޗުތަކަށް ފަހުގައެވެ.

ގުރޫޕް ތިނެއްގައި މިއަދު ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އިސްކަންދަރު ސްކޫލް އިން ރެހެންދި ސްކޫލްއާ ދެކޮޅަށް ނިކުންއިރު ދެވަނަ މެޗުގައި ޣާޒީ ސުކޫލް އިން ނިކުންނާނީ ތާޖުއްދީން ސްކޫލްއާ ދެކޮޅަށެވެ.

ގްރޫޕް ތިނެއްގެ އެއް ވަނައިގައި ތާޖުއްދީން އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅެވެ، ލިބުނު ހަ ޕޮއިންޓާއެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ގާޒީ ސްކޫލް އާއި އިސްކަންދަރަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ރެހެންދި ސްކޫލަށް އަދި އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

އެހެން ކަމުން މިއަދުގެ މެޗުން މޮޅުވެގެން ޣާޒީ ސްކޫލް އާއި އިސްކަންދަރު ސުކޫލް އަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ތަނަވަސް ވެފައިވާއިރު އެ ދެ ޓީމް މޮޅުނުވެއްޖެ ނަމަ ތާޖުއްދީން ސްކޫލް އަށް މެޗު އެއްވަރު ކޮށްލައިގެން ވެސް ދެވަނަ ބުރަށް ދެވޭނެ އެވެ.

comment ކޮމެންޓް