ހުރިހާ ބާރުތައް ނުލިބިއޮތުމަކީ ލާމަރުކަޒީ ނިޒާމް މަސައްކަތް ނުކުރުމެއް ނޫން: މިނިސްޓަރު އުމަރު

ހޯމްމިނިސްޓަރު އުމަރު ނަސީރު-- ސަން ފައިލް ފޮޓޯ

ލިބެންޖެހޭނެ ކަމަށް ގަބޫލް ކުރާ ހުރިހާ ބާރެއް ލިބިފައިނުވުމަކީ ލާމަރުކަޒީ ނިޒާމް މަސައްކަތް ނުކޮށް އޮތުން ނޫން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކަށް ހާއްސަކޮށްގެން ބޭއްވި މަހާސިންތާ ނިންމުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ، ކައުންސިލްތަކުން ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ބައެއް އިދާރާތަކުގައި ހުރި ބާރުތައް އަތޮޅު ފެންވަރަށް ނުވަތަ ރަށުފެންވަރަށް ދޫނުކުރުން ކަމަށާއި ނަމަވެސް އެއީ ކައުންސިލް ނިޒާމް މަސައްކަތް ނުކޮށްއޮތުން ނޫން ކަމަށެވެ.

"އަތޮޅު ކައުންސިލް ބޭފުޅުންވެސް އަދި ރަށު ކައުންސިލްގެ ބޭފުޅުންވެސް [ގަބޫލްކޮށްގެން ނުވާނެ] އެބޭފުޅުންގެ އަތަށް ދޫކުރަންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާ ހުރިހާ ކަންކަން ދޫކޮށްފައިނެތުން އަދި އެއީކީއެއް މުޅިން މިނިޒާމް އެއްކޮށް ފަންކްޝަން ނުކުރެވުނީކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން އެދާއިރާގައި އެބަހުރި ކަމަށާއި އެކަމަށް މާޔޫސްނުވެ ކުރިއަށްދާންވީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ބާރުތައް ދޫކުރުމުގައި މައްސަލަތައް އުޅޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކަތީބުންގެ ސިސްޓަމާއި އަތޮޅުވެރިންގެ ސިސްޓަމަށްވުރެ މިހާރުގެ ސިސްޓަމް މާ ރަނގަޅު ކަމަށްވެސް މިނިސްޓަރު އުމަރު މިއަދު ވިދާޅުވިއެވެ.

comment ކޮމެންޓް