މުންޑޫ އިންޖީނުގެ ހިންގުމާ ފެނަކައިން ހަވާލުވެއްޖެ

މުންޑޫ އިންޖީނުގެ ހިންގުމާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މީގެ ކުރިން ރައްޔިތުން ހިންގަމުން އައި ލ.މުންޑޫ އިންޖީނުގެ ހިންގުމާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހަވާލުވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަން އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މުންޑޫ އިންޖީނުގެ ފެނަކައާ ހަވާލު ކުރި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލެވެ. މުންޑޫން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ރަށު ކައުންސިލްގެ މެމްބަރު އާދަމް ނަސީމް އެވެ.

ސޮއި ކުރެއްވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ނިމާލް ވިދާޅުވީ މުންޑޫގެ އިންޖީނުގެ ފެނަކައާ ހަވާލު ކުރެމަކީ އެ ކުންފުންޏަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށާއި ކުންފުނީގެ އަމާޒަކީ ހެޔޮއަގެއްގައި ރައްޔިތުންނަށް 24 ގަޑިއިރުގެ ކަރަންޓް ފޯރުކޮށްދިނުން ކަމަށެވެ.

"ރައްޔިތުންނަށް ޔަގީން ކަން އަރުވަނީ އެ ސަރަހައްދުގެ ޓެރިފް ރޭޓްގެ ގޮތުގައި ކަނޑައަޅާފައިވާ ރޭޓްގައި މުންޑޫގެ ރައްޔިތުން އަތުން ވެސް ޗާޖު ކުރެވޭނީ. އަދި މާލަސް ތަކެއް ނުވެ ވަޒީފާގެ ފުރުސަތު ތަކެއްވެސް ހުޅުވިގެން ދާނެ،" ނިމާލް ބުންޏެވެ.

ނިމާލް ވިދާޅުވީ ފެނަކާއިން ހަވާލުވުމަށް ފަހު އުފައްދާ ވަޒީފާތަށް ހާއްސަ ވެގެން ދާނީ މުންޑޫގެ ރައްޔިތުންނަށް ކަމަށާއި އާބާދީ ކުޑަ ނަމަވެސް ބަޖެޓް ކުރެވިފައި ހުރި ހުރިހާ މަސަތްކަތްތަކެއް ވެސް ލަސްތަކެއް ނުވެ ފެށިގެން ދާނެ ކަމަށެވެ.

އާބާދީގައި 380 މީހުން އުޅޭ މުންޑޫ އިންޖީނުގޭގައި މިހާރު އިންނަނީ ތިން އިންޖީނު ކަމަށް ފެނަކައިން ބުނެއެވެ. އަދި އޭގެ ތެރެއިން މުންޑޫގެ 58 ގެ އަކަށް ކަރަންޓް ފޯރުކޮށްދެނީ ދެ އިންޖީނުން ކަމަށްވެސް ފެނަކައިން ބުނެއެވެ.

comment ކޮމެންޓް