ހުޅުމާލޭ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ސްޓެލްކޯ

ހުޅުމާލެ މަގު މަތި

ހުޅުމާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ދާއިމީކޮށް ހައްލު ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް ރައޫފް ސަން އަށް މިއަދު ވިދާޅުވީ ހުޅުމާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުކޮށް މިއަދު އަލުން ކަރަންޓް ދީފައިވާނެ ކަމަށެވެ.

"މިހާރު ދާއިމީކޮށް ހައްލުވީ، ދެން އިރާދަކުރެއްވިއްޔާ ނުކެޑޭނެ ކަރަންޓެއް، ދެން ކަމެއް ދިމާވެދާނެ، އަނެއްހެން އުޅޭ މައްސަލަތައް ހައްލުވީ." ރައޫފު ވިދާޅުވިއެވެ.

ހުޅުމާލެއިން މިއަދު ކަރަންޓު ކަނޑާލައިގެން އެކްސްޓެންޝަނެއްގެ މަސައްކަތްކޮށްފައިވާއިރު މީގެ ކުރިން ކަރަންޓޫ ކެނޑެން ދިމާވި މައްސަލަތައް އެއްކޮށް ހައްލު ކުރެވިފައިވާ ކަމަށް ރައޫފު ވިދާޅުވިއެވެ.

ސްޓެލްކޯއިން ހުޅުމާލެއަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތައް ޓެކްނިކަލް މައްސަލަތައްކުރިމަތިވެ މި ދޭތެރެއަކުން ވަނީ ކައިރިކައިރީގައި ކަރަންޓް ކެނޑިފައެވެ.

comment ކޮމެންޓް