އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު: އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރުމަށް މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ފެމެލީ ކޯޓަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކޮށްފި އެވެ.

ޖޭއެސްސީން ބުނީ، އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރަން ނިންމާފައި ވަނީ، ސުޕްރީމް ކޯޓުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކަމަށެވެ. އެގޮތުން އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރާނީ 21 ފެބްރުއަރީ 2016 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ މިރޭ 8:30 ގައި ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އެދުނީ އެ ކޯޓުން އެކުލަވާލާފައިވާ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލުގެ ދަށުންނެވެ.

ނަމަވެސް އެގޮތަށް އެދުނީ ކީއްވެގެން ކަމެއް ސުޕްރީމް ކޯޓުން ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް