އަބްދުﷲ ގާޒީގެ މައްސަލަ ސާބިތެއް ނުވި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު --- ސަން ފއިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަދި މިހާރު ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީ އަށް ހުށަހަޅާފައިވާ އަބްދުﷲ ގާޒީގެ މައްސަލަ، އެ ކޮމިޝަނުގެ 53 ވަނަ ބައްދަލުވުމުގައި ނިންމުމަށް ފަހު ބުނެފައި ވަނީ އެ މައްސަލަ ސާބިތު ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންވަނިކޮށް އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހުއެވެ.

އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރަން ނިންމީ ސުޕްރީމް ކޯޓުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެގޮތަށް އެދުނީ އެ ކޯޓުން އެކުލަވާލާފައިވާ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލުގެ ދަށުންނެވެ.

comment ކޮމެންޓް