އިންޑިއާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީ ޓީމް ސެމީ އަށް ދަތުރު ކުރިއިރު ފިރިހެން ވޮލީ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ސެމީގެ އުންމީދު ބޮޑު ކޮށްފި އެވެ.
އަންހެން ޓީމު ކުޅުނު ދެވަނަ މެޗުގައި ޕާކިސްތާން އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް ރާއްޖެ އިން ހޯދީ 25-23 ންނެވެ. ދެވަނަ ސެޓް ރާއްޖެ އިން ހޯދީ 25-12 ގެ ބޮޑު ތަފާތަކުން ނެވެ. ފަހު ސެޓްގައި ވެސް ދިވެހި ޓީމުގެ މޮޅު ކުޅުން ފެނިގެން ދިޔައިރު މި ސެޓް ހޯދީ 25-19 ންނެވެ.
އަންހެން ޓީމު ކުޅޭ ސެމީ ފައިނަލު މެޗު އޮންނާނީ ހޯމަ ދުވަހު އެވެ.
ފިރިހެން ޓީމް ކުޅުނު ދެވަނަ މެޗުގައި ބަންގްލަދޭޝް އާއި ވާދަ ކޮށް ވަނީ ތިން ސެޓުން މޮޅުވެފަ އެވެ. ރާއްޖޭގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓް ރާއްޖެ ހޯދީ 17-25 އިންނެވެ. ދެވަނަ ސެޓްގައި ވެސް ދިވެހި ޓީމުގެ ފަރާތުން މޮޅު ކުޅުން ފެނިގެންދިޔައިރު މި ސެޓް ހޯދީ 20-25 ންނެވެ. ފަހު ސެޓް ރާއްޖެއިން ހޯދީ 23-25 ންނެވެ.
މުބާރާތުގައި ފިރިހެން ޓިމް ކުޅޭ ތިން ވަނަ މެޗުގައި ބައްދަލު ކުރާނީ އަފްއާނިސްތާނާއެވެ. މި މެޗު ކާމިޔާބުކޮށް ފިރިހެން ޓީމަށް ސެމީއަށް ދިޔުމުގެ ފުރުސަތު ވަނީ ތަނަވަސް ވެފައެވެ.