ޔުއެންޓަސް އިޓާލިއަން ކަޕްގެ ސެމީ އަށް

އިޓާލިއަން ކަޕްގައި ލާޒިއޯ އާއި ޔުއެންޓަސް ބައްދަލު ކުރި މެޗުގައި ޔުއެންޓަސްގެ ގޯލް ސްޓެފަން ލެސްޓައިނާ ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ--- ފޮޓޯ:އޭޕީ

އިޓާލިއަން ކަޕްގައި ލާޒިއޯގެ މައްޗަށް 0-1 ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ޔުއެންޓަސް އިން ސެމީ އަށް ދަތުރުކޮށްފި އެވެ.

ލާޒިޔޯގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިިގެން ދިޔައިރު ފުރަތަމަ ހާފުގައި ޔުވެންޓަސްގެ މިޑްފިލްޑަރު ޕައުލް ޕޮގްބާ ވަނީ ނުރައްކާތެރި ހަމަލާއެއް ލާޒިޔޯގެ ގޯލަށް ފޮނުވާލައިފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބެއް ނުކުރެވެއެވެ.

އެ މެޗުގައި ޔުވެންޓަސް މޮޅުކޮށްދިން ގޯލު ކާމިޔާބު ކުރީ ލާޒިއޯގައި ތިން ސީޒަން ހޭދަކޮށް މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި ޑިފެންޑަރު ސްޓެފަން ލެސްޓައިނާ އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ މެޗުގެ 66 ވަނަ މިނެޓުގަ އެވެ.

މެޗަށްފަހު ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ މެޗުގައި ޔުއެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށާއި އެ މުބާރާތް ކާމިޔާބު ކުރެވޭނީ އެންމެ ވަރުގަދަ ޓީމްތައް ވެސް ބަލިކޮށްގެން ކަމަށެވެ.

"ކުޅުންތެރިންގެ ފަރާތުން ފެނުނީ ތަފާތު ކުޅުމެއް. ފުރަތަމަ ހާފުގައި ލާޒިޔޯގެ ފަރާތުން މޮޅުކުޅުމެއް ފެނުނު ނަމަވެސް ފަހުު ހާފުގައި އަހަރެންމްނެ ވާނީ ގިނަ ހަމަލާ ތަކެއް އުފައްދާފައި،" އެލެގްރީ ބުންޏެވެ.

ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު މި މަހުގެ 27 ވަނަ ދުވަހު ޔުވެންޓަސްގެ ދަނޑުގައި އެ ޓިމް ނުކުންނާނީ އިންޓަމިލާންއާ ދެކޮޅަށެވެ. އިންޓަސެމީން ޖާގަހޯދީ ނަޕޯލީ އަތުން 2-0 އިން މޮޅުވުމަށް ފަހު އެވެ.

comment ކޮމެންޓް