ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާއަށް ބަނގުލަދޭޝްގެ ޗީފް އޮފް އާމީ އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ބަނގުލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާއަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

ބަނގުލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަބޫ ބިލާލް މުޙައްމަދު ޝާފިއުލް ޙައްޤު، ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާއަށް އިހްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސްގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަބޫ ބިލާލް މުޙައްމަދު ޝާފިއުލް ޙައްޤު، ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަހައްދަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް ޢަބްދު ރައޫފެވެ.

ބަނގުލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާއަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ، މިއަދުގެ އެ ރަސްމިއްޔާތުގައި ބަނގުލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޑަޔަސްއަށް އަރާވަޑައިގެންނެވުމުން އެމަނިކުފާނަށް އެރައިވަލް ކޯލެއް އަރުވާފައިވާ ކަމަށެވެ.

ޖެނެރަލް އަބޫ ބިލާލް މުޙައްމަދު ޝާފިއުލް ޙައްޤުގެ ހާޒިރުގައި އެމްއެންޑީއެފްގެ ދިދަވެރިން ވަނީ، ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޕޯސްޓްކޮށްފައެވެ. އަދި އެއަށްފަހު ޝަހީދުންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވެސް ގެނައެވެ.

comment ކޮމެންޓް