35 ފުޅި ބަނގުރަލާއެކު، ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް، އަނބުރާ ފޮނުވައިލަނީ

35 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި ބަންގްލަދޭޝް މީހާ --- ފޮޓޯ: ފުލުހުން

ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ތިރީސް ފަސް ފުޅި ބަނގުރަލާއެކު އުމުރުން ތިރީސް ފަސް އަހަރުގެ ބަންގްލަދޭޝް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. މައްސަލައިގެ ތަހުގީގަށްފަހު، މި ބިދޭސީ މީހާ އަނބުރާ އޭނާގެ ގައުމަށް ފޮނުވައިލުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ފަހަކަށް އައިސް ރާއްޖޭގައި ބަނގުރަލުގެ ވިޔަފާރީގައި ބިދޭސީން ޝާމިލުވާ މިންވަރު އިތުރުވެފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

  • 35 ފުޅި ބަނގުރަލާއެކު ބަންގްލަދޭޝް މީހަކު ހައްޔަރުކުރުން.
  • ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވުން.
  • އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކުރުން.
  • ރާއްޖޭގައި ބަނގުރަލުގެ ވިޔަފާރީގައި ބިދޭސީންގެ ބައިވެރިވުން އިތުރުވުން.

ތިރީސް ފަސް ފުޅި ބަނގުރަލާއެކު ބިދޭސިއަކު ހައްޔަރުކޮށް، އޭނާ ޑީޕޯޓުކުރަން ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ، އުމުރުން 35 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކުރީ ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންގައި މާލޭ މަގުމަތިން އެ މީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު، 35 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް، ފުލުހުން މައުލޫމާތުދެއެވެ.

އެ މައްސަލައިގެއިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ އަނބުރާ ބަންގްލަދޭޝަށް ފޮނުވައިލުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

މީގެ އެއް މަސް ކުރިން، 40 ފުޅި ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާއާއެކު ބަންގްލަދޭޝް މީހަކު ހައްޔަރުކުރިއެވެ. އެކަމަކު ހިފެހެއްޓީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ފުލުހުން އޭރު ހާމަކޮށްފައިނުވެއެވެ.

މި މައްސަލަތަކުގެ އިތުރަށް ވެސް ބަނގުރަލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ފެންމަތިވާ މިންވަރު ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް